twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރެސިޕީ: ރިހަފޮޅި

ނަބީލާ އިސްމާޢީލް
May 9, 2019

މަސްގަނޑު ތައްޔާރު ކުރަން ބޭނުންވާ ތަކެތި:

  • 1 ޖޯޑު ވަޅޯމަސް ނުވަތަ 1 ދަޅުމަސް
  • 1 ފިޔާ
  • 4/1 ސައިސަމުސާ ގާނާފަ ހުރި އިނދުރު
  • 4/1 ސައިސަމުސާ ގާނާފައިވާ ލޮނުމެދު
  • ކުޑަ ރާނބާ ފަތެއް
  • 2 ހިކަނދި ފަތް
  • ކުޅި ރަހަ ލާވަރަށް ގޮތެޔޮ މިރުސް
  • 2/1 4 ސައިސަމުސާ ހަނާކުރި ހަވާދު
  • 1 ލުނބޯ
  • ރަހަ ލާ ވަރަށް ލޮނު
  • 2/1 ސައިސަމުސާ މުގުރި ފޮނިތޮށި ކާފޫރު ތޮޅި
  • 2/1 ޖޯޑު ބޯކިރު
  • 4/3 ޖޯޑު ފެން

ތައްޔާރު ކުރާގޮތް:

ބޯކިރު ތެއްޔަކަށް އަޅާ ހޫނުކޮށްލާށެވެ. ހޫނު ވުމުން އޭގެ ތެރެއަށް ފިޔާ، އިނގުރު، ގިތެޔޮމިރުސް، ފޮނިތޮށިކާފޫރުތޮޅި، ހިކަނދިފަތް، ރާނބާފަތް އަޅާ ފިޔާތައް މަޑުވެ ރަތް ވަންދެން ކައްކާލާށެވެ. ދެން ލޮނުމެދުކޮޅު އަޅާ އެއްކޮށްލުމަށްފަހު ހަވާދާއި ވަޅޯމަސްކޮޅު އަޅައި އަނެއްކާވެސް އެއްކޮށްލާށެވެ. ދެން ލޮނާއި ފެނާއި ލުނބޯ އަޅާ އަނެއްކާވެސް ރަނގަޅަށް އެއްކުރުމަށްފަހު ތެލީގެ މަތިޖަހާށެވެ. މި ގޮތަށް ބަހައްޓައިގެން ތެލީގައިވާ ތަކެތީގެ ތެތްކަމުގެ ބޮޑުބައި ފިލަންދެން ކައްކާށެވެ. މަސްގަނޑު ހަދާ އެނިމުނީއެވެ.

ފޮޅި ތައްޔާރުކުރަން ބޭނުންވާ ތަކެތި:

  • 1 ޖޯޑު ފުއް
  • 1 ޖޯޑު ފެން
  • 1/3 ސައިސަމުސާ ރީނދޫ
  • 2/1 ސައިސަމުސާ ލޮނު

ތައްޔާރުކުރާނެ ގޮތް:

ފުށާއި، ލޮނާއި ރީނދޫ ބޯތައްޓެއްގައި އެއްކޮށްލާށެވެ. ދެން ގަނޑު ފިލަންދެން ރަނގަޅަށް ފެންއަޅައިގެން ގިރުވާލާށެވެ. ތަވައެއް އުނދުން މައްޗަށް އުދާ ރަނގަޅަށް ހޫނުކޮށްލާށެވެ. ހޫނުވުމުން އެއްކުރި ތަކެތީގެ ތެރެއިން މޭޒުމަތީ ސަމުސަލުގެ 2 ސަމުސާ ތަވައަށް އަޅާށެވެ. އަދި ސަމުސަލުގެ އަނެއް ފުށް ބޭނުންކޮށްގެން ވަށްކޮށް ލާށެވެ. ތަވައިން ފަސޭހައިން ނައްޓާލެވޭ ވަރުވީމާ އެއޮތީ ފިހެވިފައެވެ. ފޮޅި ފިހެވުމުން ތައްޓަކަށް ނަގާށެވެ. ފޮޅީގެ އެއް އަރިމަތީގައި ރޮނގެއްގެ ބައްޓަމަށް ވާގޮތަށް މޭޒުމަތީ ސަމުސަލެއްގެ މަސްކޮޅެއް ބާއްވާލާށެވެ. މިގޮތަށް އަރިމަތީގައި މަސްކޮޅު ބާއްވާލާއިރު ފޮޅި އޮޅަން ހިފާނެ ކުޑަ ތަންކޮޅެއް ދޫކޮށްލަން ވާނެއެވެ. ރޮނގެއްހެން ބޭއްވި މަސްކޮޅުގެ ދެކޮޅުން ފޮޅި ފަތްޖަހާލާ ކުޑަކޮށް އޮބާލާށެވެ. ދެން މަސްކޮޅު އެޅި ފަރާތުން ފަށައިގެން ފޮޅި އޮޅާލާ އަނެއްކާވެސް އޮބާލާށެވެ. މިގޮތަށް ހުރިހާ ފޮޅިއެއް ފިހެއުމަށް ފަހު މަސް އަޅާ އޮޅާލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355