twitterviber whatsapp telegramfacebookyoutube instagram
23rd January 2021

ކާނިވަލްއިން ތިން ބާވަތެއްގެ ތަރުކާރީ ބާޒާރަށް ނެރެފި

އަބްދުލް ވާހިދު ޙަސަން
May 9, 2019
1

ރޯދައަށް ހާއްސަކޮށް ކާނިވަލް ރެސްޓޯރެންޓުން ތިން ބާވަތެއްގެ ތަރުކާރީ ކުޅުދުއްފުށީ ބާޒާރަށް ނެރެފި އެވެ. މި ތިން ބާވަތަކީވެސް ކުޅުދުއްފުށީގައި ހައްދައިގެން ބާޒާރަށް ނެރުނު ތަކެތިކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

ކާނިވަލްއިން ބާޒާރަށް ނެރެފައިވާ ތަރުކާރީއަކީ:

  • ސްޕްރިންގ އޮނިއަން
  • ސްޕްރިންގ ގާލިކް
  • ކަންކުން ފަތް

މިތަކެތި ބާޒާރަށް ނެރެފައިވާއިރު މިތަކެއްޗަކީ އެއްވެސް ބާވަތެއްގެ ކެމިކަލް ބޭނުންނުކޮށް ހައްދާ ތަކެތިކަމަށް ކާނިވަލުއިން މައުލޫމާތުދެ އެވެ. މި ތިން ބާވަތުގެ ތަރުކާރީ ބާޒާރުން މިހާރު ލިބެން ހުރިއިރު ކޮންމެ ބާވަތެއްވެސް ހުންނަނީ 50 ގުރާމުން ބަންދުކޮށްފައި އެވެ. މީގެ ބޮނޑިއެއްގެ އަގު އުޅެނީ 15ރ އަށެވެ.

ކާނިވަލްއިން ބުނީ މިތަކެތީގެ އިތުރުން، އިތުރު ދެ ބާވަތެއްގެ ތަރުކާރީ މި ރޯދަމަހު ބާޒާރަށް ނެރެވޭނެ ކަމަށެވެ. އެއީ ކިޔުކަންބާ އާއި ލެޓިއުސް އެވެ.

ކާނިވަލްއިން ބުނީ މި ބާވަތްތައް ފުރޮންޓް ލައިން، ސަތޭކަ އަދި ވޭޖަސްއިން ލިބެން ހުންނާނެ ކަމަށެވެ. ކާނިވަލްއިން އަންނަނީ ކުޅުދުއްފުށީގައި ރެސްޓޯރަންޓްގެ އިތުރުން ގެސްޓްހައުސްގެ ވިޔަފާރިވެސް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355