twitterviber whatsapp telegramfacebookyoutube instagram
29th August 2026

ޒިގްޒެގް ރަމަޟާން ކަޕްގައި 7 ޓީމެއް، މާދަމާ ފަށަނީ

ނަބީލާ އިސްމާޢީލް
May 11, 2019

ކުޅުދުއްފުށީ، ޒިގްޒެގް ފޯ ޔޫތް ލިންކޭންޖުން އިންތިޒާމު ކޮށްގެން ބާއްވާ "ޒިގްޒެގް ރަމަަަޟާން ކަޕް 1440" މި މަހު ފަށާނެކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފިއެވެ.

ޒިގުޒެގުން ކޮންމެ ރޯދަ މަހަކު ބާއްވަމުން އަންނަ މި މުބާރާތުގައި މި އަހަރު 7 ޓީމަކުން 59 ކުޅުންތެރިން ބައިވެރިވެފައި ވެއެވެ. އެއީ ބުލޫ ތައިފޫންސް، ކޮނެކްސްޓް، ލޮސް ނެގުރޮސް، އަލްބައިނޮސް، ވިންސިޓޯރީ، ސްޕެކްޓްރާގެ އިތުރުން ސިލްވާރ ކުޝަން އެވެ.

ކޮންމެ އަހަރެއްގެ ރޯދަމަހާއި ދިމާކޮށް ޒިގްޒެގުން ކުރިއަށް ގެންދާ މިމުބާރާތުގައި ބައިވެރިވެވޭނީ ކޮންމެ ރޯދަމަހަކުން ފެށިގެން އަނެއް ރޯދަމަހަށް އެ އެއް އަހަރުތެރޭ ޒިގްޒެގު ނަމުގައި އެއްވެސް މުބާރާތެއްގައި ބައިވެރިވެފައިވާ ކުޅުންތެރިންނަށް ނުވަތަ އޮފިޝަލްކަން ކޮށްފައިވާ ފަރާތްތަކަށާއި ޖަމިއްޔާގެ އެކްޓިވް މެންބަރުންނަށެވެ.

ޒިގުޒެގް ރަމަޟާން ކަޕް 1440 ކުރިއަށް ދާނީ މި މަހުގެ 12 އިން 26 އަށް ޒިގްޒެގު ދަނޑުގައެވެ. މުބާރާތުގެ ސެމީ ފައިނަލް ކުޅެން 24 ވަނަދުވަހު ހަމަޖެހިފައިވާއިރު ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 26 ވަނަދުވަހުގެ 16:15 ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355