twitterviber whatsapp telegramfacebookyoutube instagram
25th October 2026

ރެސިޕީ: ޗިލީ ބީފް ނޫޑްލްސް

May 13, 2019

ބޭނުންވާނެ ތަކެތި:

  • 250 ގ ބީފް
  • 250 ގ ނޫޑްލްސް (ކައްކާފަ)
  • 1 ސައިސަމުސާ ލޮނު
  • ½ ސަމުސާ އަސޭމިރުސް
  • ½ ސައިސަމުސާ އިގުރު ޕޭސްޓް
  • ½ ސައިސަމުސާ ލޮނުމެދު ޕޭސްޓް
  • 1 ލޮނުމެދު ކުދިކޮށް ކޮށާފަ
  • 1 މިރުސް ކުދިކޮށް ކޮށާފަ
  • ½ ޖޯޑު ޗިލީ ސޯސް
  • 1/3 ޖޯޑު ސޯޔާސޯސް
  • ކުޑަ ތެޔޮ ކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

ފުރަަތަމަ ތަވައަކަށް ތެޔޮކޮޅު އަޅާ ހޫނުވުމުން ބީފް، ލޮނު، ލޮނުމެދު/އިނގުރު ޕޭސްޓް އަޅާ ބީފްކޮޅު އެއްކޮށް ރޯފިލަންދެން ކައްކާލާށެވެ. ކެކުމުން ތަވައިން ނަގާ ވަކިން ބަހައްޓާށެވެ. އަދި ތަވާއަށް، ކޮށާފައިހުރި ލޮނުމެދު، މިރުސް އަޅާ މިނެޓެއް ވަންދެން ކައްކާލުމަށްފަހު ޗިލީ ސޯސް، ސޯޔާސޯސް އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ސޯސް ތެރެއަށް ކުރިން ތައްޔާރު ކުރި ބީފްކޮޅު އަޅާ އެއްކޮށްލުމަށްފަހު ނޫޑްލްސް ކޮޅުއަޅާ އެއްކޮލުމުން ޗިލީ ބީފް ނޫޑްލްސް ތައްޔާރުކޮށްލެވުނި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293