twitterviber whatsapp telegramfacebookyoutube instagram
10th November 2026

ރެސިޕީ: ޗީޒީ ޕްރައިޑް ހޮޓް ޑޯގް

ޚަދީޖާ އާދަމް
May 16, 2019

ބޭނުންވާ ތަކެތި:

  • 8 ފޮތި ސްލައިސް ޗީޒް
  • 8 ސޮސެޖް
  • 2 ޖޯޑު ފުށް
  • 1 ސައިސަމުސާ ލޮނު
  • 1 ސައިސަމުސާ އަސޭމިރުސް
  • 1 ސައިސަމުސާ ބޭކިން ޕައުޑާ
  • 2 ބިސް
  • ½ 1 ޖޯޑު ކިރު
  • ތެޔޮ

ތަައްޔާރު ކުރާނެއޮތް

ސޮސެޖްތަކުގައި ސްލައިސް ޗީޒް އޮޅާލުމަށްފަހު ބާބަކިއު ހަދާއިރު ބޭނުންކުރާ އިލޮއްޓަށް ސޮސެޖްތައް އަމުނާލުމަށްފަހު 20 މިނެޓް ވަންދެން ފްރިޖްގައި ބަހައްޓާށެވެ.

އެއަށްފަހު ބޯތައްޓަކަށް ފުށް، ލޮނު، އަސޭމިރުސް، ބޭކިން ޕައުޑާ، ކިރު އަދި ބިސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ސޮސެޖްތައް ނަގާ ސޮސެޖްގައި އެއްކޮށް ކަވާރ ވާ ވަރަށް ފުށްގަނޑުތެރެއަށް ސޮސެޖްލާށެވެ. އެއަށްފަހު ތަވާއަށް ތެޔޮކޮޅު އަޅާ ހޫނުވުމުން ސޮސެޖްތަށް ބްރައުންކުލަ އަރަންދެން ތެލުލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293