twitterviber whatsapp telegramfacebookyoutube instagram
29th August 2026

އިންޑިއަން އޯޝަން ގައުމީ އެތުލެޓިކްސް ސްކޮޑްގައި ނަޝާ އާއި ހުސެއިން

ޚަދީޖާ އާދަމް
May 19, 2019
2

ދިހަވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ގައުމީ ސްކޮޑްގައި ކުޅުދުއްފުށީގެ ދެ އެތުލީޓުން ކަމަށް ވާ ނަޝާ ނިޒާރު އަދި އަދި ހުސެއިން ރިޒާ ހިމެނިއްޖެ އެވެ.

މި އަހަރުގެ ދިހަ ފިރިހެން އެތުލިޓުން އަދި ހަ އަންހެން އެތުލީޓުން ވަނީ ހިމެނިފަ އެވެ. މިނިގެން ދިޔަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕަކީ ރާއްޖެއަށް ވަރަށް ކާމިޔާބު މުބާރާތެއްކަން ފާހަގަކޮށް އެތުލެޓިކްސް އެސޯސިއޭޝަނު ވަނީ މި އަހަރުގެ އައިއޯއައިޖީ އިން 5 މެޑަލް ހޯދުމަށް އަމާޒު ހިފާފަ އެވެ.

މި އަހަރުގެ އައިއޯއައިޖީ އޮންނާނީ ޖުލައި/ އޮގަސްޓް މަހު މޮރިޝަސްގަ އެވެ. ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި މޮރިޝަސްގެ އިތުރުން ސީޝެލްސް، ރިޔޫނިއަން، މެޔޯޓް، މަޑަގަސްކަރަ އަދި ކޮމޮރޯސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355