މަޝްހޫރު ތަރިންގެ ދަރިން ފިލްމު އިންޑަސްޓްރީއަށް ނުކުތުމަކީ މިހާރު އާންމު ކަމަކަށް ވެފައިވާއިރު އަނެއްކާވެސް އާތަރިއެއް ބޮލީވުޑްގައި ފައިހަމަކުރުމަށް ވަނީ މަސައްކަތް ފަށާފަ އެވެ.
ކުރީގެ މަޝްހޫރު ތަރި ސަންޖޭ ކަޕޫރްގެ ދަރިފުޅު ސަނާޔާ މިހާރުދަނީ ބޮލީވުޑް ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި އެވެ. ބޮލީވުޑްގެ ގިނަ ތަރިން ކެމެރާ ކުރިމައްޗަށް އެރުމުގެ ކުރިން ކެމެރާގެ ފަހަތުގައި މަަސައްކަތް ކުރުން މިއީ އާކަމެއް ނޫނެވެ.
ސަނާޔާ މަސައްކަތް ކުރަމުންދަނީ ޖާންވީ ކަޕޫރް ލީޑް ރޯލުކުޅޭ ގުންޖަން ސަކްސޭނާގެ ބައޮފިކްގަ އެވެ. ލަކްނޯ ގައި ކުރިއަށް ދާ ސޫޓީންގެ ތެރެއިން ސަންޖޭވަނީ ސަނާޔާގެ ޕޮޓޯއެއް ޓްވިޓާކޮށްފަ އެވެ. އަދި ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއްވެސް ވަނީ ފޭނުންނަށް ހިއްސާކޮށްފަ އެވެ.
ސަނާޔާ އެކްޓިންގެ ދާއިރާއަށް ނުކުތުމުގެ ކުރިން ފިލްމުގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވީ އިތުރު ތަޖުރިބާ ހޯދުމަށެވެ. މިހާރުވެސް އޭނާގެ ދެެބެންގެ ދެދަރި ސޯނަމް އަދި އަރުޖުންއަކީ އިންޑަސްޓްރީގައި ކާމިޔާބު ދެ ތަރިންނެވެ.