twitterviber whatsapp telegramfacebookyoutube instagram
15th September 2026

ރެސިޕީ: ފަހީޓާ ސްޓަފްޑް ޗިކަން

ޚަދީޖާ އާދަމް
May 22, 2019

ބޭނުންވާ ތަކެތި/ ކުކުޅު ހެދުމަށް:

  • 3 ޗިކަން ބްރީސްޓް
  • ލޮނު ކޮޅެއް
  • 1 ސައިސަމުސާ ތެޅި މިރުސް
  • 1 ސައިސަމުސާ ދިރި (މުގުރާފަ)
  • 1 ލޮނުމެދު (ގާނާފަ)

ސޯސް ތައްޔާރުކުރުމަށް:

  • ތެޔޮ
  • 3 ބެލް ޕެޕާ (3 ކުލައިގެ)
  • 1 ފިޔާ ތުނިކޮށް ކޮށާފަ
  • ލޮނު ކޮޅެއް
  • އަސޭމިރުސް ކޮޅެއް
  • 1 ޖޯޑު ކްރީމް ޗީޒް
  • 1 ޖޯޑު ޗެޑާރ ޗީޒް

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ވަކިން ތައްޓެއްގައި ކުޅުޅު ކޮޅުގައި މިރުސް، ލޮނު، ދިރި އަދި ލޮނުމެދުކޮޅު ހާކާލާފައި ބަހައްޓާށެވެ. އެއަށްފ ފަހު އުނދުން މައްޗަށް ތަވާ އުދުމަށްފަހު ތެޔޮކޮޅު އަޅާ ހޫނުވުމުން ބެލްޕެޕާ، ފިޔާ އަޅާ އެއްކޮށްލާށެވެ. ބެލްޕެޕާ ކޮޅު މަޑުވުމުން އެހެން ބޯތައްޓަކަށް ތައްޔާރުކުރި ބައި އަޅާލާށެވެ. ދެން ކްރީން ޗީޒާއި ޗެޑާރ ޗީޒްކޮޅު އެއްކޮށްލާށެވެ.

އެއަށްފަހު ކުކުޅު މަސްކޮޅު މެދުން ފޮތިކޮށްލުމަށްފަހު މަސްފޮތި ތެރެއަށް ތައްޔާކުރި ސޯސްކޮޅު އަޅާށެވެ. އެއަށްފަހު ތަވައަކަށް ތެޔޮ އަޅާ ތެލުލާށެވެ. މިއީ ބަތާއެކު ކެއުމަށް ވަރަށް ކަމުދާނެ އެއްޗެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293