twitterviber whatsapp telegramfacebookyoutube instagram
22nd May 2025

ކުޑަ ކުއްޖަކު ފޯނުގެ ޗާޖަރަކުން ކަރަންޓްގައި ޖެހިގެން މަރުވެއްޖެ

ނަބީލާ އިސްމާޢީލް
May 22, 2019

އިންޑިޔާގައި ދެ އަހަރުގެ އަންހެން ކުއްޖަކު ކަރަންޓަށް ޖަހާފައިން ފޯނެއްގެ ޗާޖަރު އަނގަޔަށްލުމުގެ ސަބަބުން ކަރަންޓުގައި ޖެހި މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހު ދިއްލީ ކައިރީގައިވާ ޖަހަންގިރިއާބާދު ނަމަކަށް ކިޔާ ވިލެޖެއްގަ އެވެ. ދެ އަހަރުގެ ޝެވާރ އޭނާ މާމަ މެންނާ ބައްދަލުކޮށްލަށް އެ ވިލެޖަށް ގޮސް އުޅުމުގެ ތެރޭގައި އެވެ.

މި ހިތާމަވެރި ހާދިސާ ހިނގަން ދިމާވީ ކުއްޖާގެ މަންމަ ރަޒިޔާ ކުޑަ ވަގުތުކޮޅަށް ދަރިފުޅު ކުޅެން ދޫކޮށްލުމުން އެތަނުގައި ހުހަށް ކަރަންޓަށް ޖަހާފައި އިން ފޯނު ޗާޖަރެއްގެ ކޮޅު ކުއްޖާގެ އަނގަޔަށް ލުމުންނެވެ.

ޖަހަންގިރިއާބާދު ޕޮލިސް ސްޓޭސަނުން އިންޑިއާގެ ނޫހެއް ކަމައްވާ ޓައިމްސް އަށް ބުނެފައިވަނީ އެ ކުއްޖާގެ އާއިލާއިން އެ މައްސަލަ ޕޮލިހަށް ހުށައަޅާފައި ނުވާތީ އެ މައްސަލަ ފޮލިހުގައި ފައިލް ކުރެވިފައި ނުވާކަމަށެވެ. ނަމަވެސް އެ މައްސަލަ ޕޮލިހަށް ހުށައަޅައިފިނަމަ އޮންނަ އުސޫލެއްގެ ދަށުން އެ މައްސަލައެއް ފައިލް ކުރެވޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355