twitterviber whatsapp telegramfacebookyoutube instagram
21st September 2026

ވައިބާއަށް ހާއްސަ ސްޓިކާ ޕެކޭޖެއް ދިރާގުން ތައާރަފުކޮށްފި

May 25, 2019

ބޭނުން އަދަދަކަށް ސްޓިކާ ގަނެވޭ ވައިބާ ޕެކޭޖެއް ދިރާގުން ތައާރަފުކޮށްފި އެވެ.

ވައިބާގެ ޕްރިމިއަމް ސްޓިކާ ޑައުންލޯޑް ކުރުމަށް ދިރާގުން ތައާރަފުކުރި މި ޕެކޭޖުގައި މަހަކު 19 ރުފިޔާ ދެއްކުމުން ބޭނުން އަދަދަކަށް ސްޓިކާ ޕެކްތައް ގަނެވޭނެ އެވެ.

މި ޕެކޭޖުގެ ދަށުން މިހާރު ފައިސާ ދައްކައިގެން ބޭނުން ކުރެވޭ ސްޓިކާތައް ބޭނުން ކުރެވޭނެ އެވެ. މީގެ ތެރޭގައި އާއްމުކޮށް ބޭނުންކުރާ މާވެލްގެ ސްޓިކާތަކާއި ޑިޒްނީ އަދި ކާޓުން ނެޓްވޯކްގެ ސްޓިކާތަކަށް ވެސް ސަބްސްކްރައިބް ކުރެވޭނެ އެވެ.

މި ސްޓިކާ ޕެކޭޖް އެކްޓިވޭޓް ކުރުމަށް ވައިބާ ސްޓިކާ ޕޯޓަލް އަށް ވަދެ އޭގައިވާ އިރުޝާދާ އެއްގޮތައް ކަންތައް ކުރުމުން އެކްޓިވޭޓް ކުރެވޭނެ އެވެ. މި ޕެކޭޖަކީ ކޮންމެ މަހަކު ސަބްސްކްރައިބް ކުރަން ޖެހޭ ޕެކޭޖަކަށް ވާއިރު ބޭނުން ކޮންމެ އިރެއްގައި އަންސަބްސްކްރައިބް ވެސް ކުރެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293