twitterviber whatsapp telegramfacebookyoutube instagram
21st February 2020

ރެސިޕީ: ބަރަބޯ ޕިރިނި

ނަބީލާ އިސްމާޢީލް
May 26, 2019

ބޭނުންވާ ތަކެތި:

4 ޖޯޑު ބަރަބޯ ( ގާނާފައި )
12 ޖޯޑު ފެން
2/1 1 ޖޯޑު ފުލްކުރީމް މިލްކް
1 ޖޯޑު ހަކުރު
1 މޭޒުމަތީ ސަމުސާ ޒުވާރި ފުށް
5 ކާފޫރު ތޮޅި
1 އިންޗި ފޮނިތޮށި
2/1 ސައިސަމުސާ ފޮނިތޮށި ކާފޫރުތޮޅި ( މުގުރާފައި )
30 ކަނަމަދު ( ކޮށާފައި )

ތައްޔާރުކުރާނެ ގޮތް:

ތެއްޔަކަށް ފެންއަޅާ ފެން ފޮދު ހޫނުވުމުން ބަރަބޯކޮޅު އަޅާ ކެކެން ފެށުމުން ބަރަބޯކޮޅު ނަގާށެވެ. ރަނގަޅަށް ފެންހިކުމުން ތެއްޔަކަށް މިލްކް އަޅާ ހޫނުވެލީމަ އުނދުނުގެ ގިނި މަޑުކޮށްލާފައި މިލްކް ތެރެއަށް ބަރަބޯ، ހަކުރު، ޒުވާރިފުށް، ނުމުގުރާ ފޮނިތޮށި ކާފޫރުތޮޅި އަޅާ ރަނގަޅަށް އެއްކުރަމުން މަޑުގިނީގައި 15 މިނެޓް ވަންދެން ކައްކާލުމަށް ފަހު އުނދުންމަތިން ބާލަންވީމައި ކަނަމަދު ކޮޅު އަޅާ ރަނގަށް އެއްކޮލުމަށްފަހު އުނދުން މަތިން ބާލާފައި ޓްރޭއަކަށް އަޅާލުމަށްފަހު މައްޗަށް މުގުރާފައި ހުރި ފޮނިތޮށި ކާފޫރުތޮޅި ކުނޑި ކޮޅު މައްޗަށް ބުރުވާލާށެވެ. ބޭނުން ނަމަ ފިނިކޮށް ނުވަތަ ހޫނުކޮށް ވެސް މީރުވާނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355