twitterviber whatsapp telegramfacebookyoutube instagram
20th February 2026

ކުޅުދުއްފުށީ ފިހާރަޔަކުން ވަގަށް ނެގި ތަކެތި ހޯދައި ދެ މީހަކު ހައްޔަރުކޮށްފި

May 26, 2019
1

ކުޅުދުއްފުށީ ފިހާރައަކުން ވަގަށްނަގާފައިވާކަމަށް ބެލެވޭ ތަކެތި ހޯދައި ދެމީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މިމަހު 23 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 29 އަހަރާއި 32 އަހަރުގެ މީހެއް ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ތެރެއިން 29 އަހަރުގެ މީހާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، އެ ފިހާރައިން ވަގަށްނަަގާފައިވާ ކަމަށް ބެލެވޭ ދެ މޯބައިލް ފޯނާއި މޯބައިލް ފޯނުގެ ސިމްކާޑެއް ފެނިފައިވެއެވެ. އަދި އެ ފިހާރައިން ވަގަށްނަގާފައިވާކަމަށް ބެލެވޭ 3790 ރުފިޔާ ރަށުގެ ފުއްޓަރު ފަރާތު އަތިރިމަތިން ހޯދައި ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް 32 އަހަރުގެ މީހާއަށް ދީފައިވާއިރު 29 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެ އެވެ. މި މައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހްގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355