twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރެސިޕީ: ޗޮކްލެޓް ފަޖް

ނަބީލާ އިސްމާޢީލް
May 28, 2019

ބޭނުންވާ ތަކެތި:

  • 2/1 2 މޭޒުމަތީ ސަމުސާ ބަޓާރު
  • 1 ޖޯޑު ގެރިކިރު
  • 2/1 ޖޯޑު ކޮކޯ ޕައުޑަރ
  • 1 ޕެކެޓް މާރީ ބިސްކޯދު
  • 40 ގުރާމް ކަނަމަދު
  • 10 ކެސޫ ނަޓް
  • 1 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް:

މާރީ ބިސްކޯދު ބޮޑެތި ކޮށް ފުނޑު ފުނޑުކޮށްލާށެވެ. ކަނަމަދާއި ކެސޫ ނަޓް ކުދިކޮށް ކޮށާލާށެވެ. ޓްރޭއެއްގައި ބަޓަރު ހާކާލާށެވެ. އުނދުންމައްޗަށް ތެއްޔެއް އުދާ އޭގެ ތެރެއަށް ގެރިކިރު، ކޮކޯޕައުޑަރު އަދި އެސެންސް އަޅާ ރަނގަޅަށް އެއްކުރަމުން މަޑު ގިނީގައި 3-5 މިނެޓް ކައްކާލާށެވެ. ދެން ފުނޑުވާލި ބިސްކޯދު ކޮޅާ މަދު އަދި ނަޓްސް ކޮޅު އަޅާ އެކޮށްލާށެވެ. ރަނގަޅަށް އެއްވީމާ އުނދުން ނިވާލާފައި ކުރިން ތައްޔާރުކޮށްލި ޓްރޭއަށް އަޅާލާފައި ސަމްސަލެއްގެ އަނެއް ފުށް ބޭނުންކޮށްލައިގެ އެއްވަރުކޮށްލާށެވެ. އެއްފަހު ޓްރޭ ފުރިޖަށްލާފައި 2 ގަޑި އިރުވަންދެން ފުރިޖުގައި ބެހެއްޓުމަށްފަހު ނަގާފައި ގޮޅި ގޮޅިއަށްވާގޮތަށް ކަފާލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355