twitterviber whatsapp telegramfacebookyoutube instagram
6th June 2025
ADVERTISEMENT
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލްލަތީފް

ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތް ކޮށްދޭނަން: މެމްބަރު ޔާސިރު

އިބްރާހިމް ހަމީދު
May 29, 2019
2

ރައްޔިތުންގެ ހާދިމެއްގެގޮތުގައި ތެދުވެރިކަމާއިއެކު ރައްޔިތުންގެ ހައްގުގައި މަސައްކަތް ކޮށްދޭނެކަމަށް ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރުދާއިރާ އިންތިހާބު ވަޑައިގެންނެވި އިއްޒަތްތެރި މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.

މެމްބަރު ޔާސިރު މިހެން ވިދާޅުވީ ރޭ ދަރުބާރުގައި ނަވާރަވަނަ ރައްޔިތުން މަޖިލީހުގެ މެމްބަރުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ޔާސިރު ފޭސްބުކު ޕޭޖަށް ދެއްވި ސްޓޭޓްމެންޓެއްގަ އެވެ.

މެމްބަރު ޔާސިރު އަބްދުއްލަތިފް ވިދާޅުވީ ދިވެހި ރާއްޖޭގެ ރައްޔިތުން މަޖިލީހުގައި ކުޅުދުއްފުށީ އުތުރުދާއިރާގެ އެންމެހާ ރައްޔިތުންގެ ހާދިމެއްގެ މަސްއޫލިއްޔަތު ކުރިއަށް އޮތް ފަސް އަހަރަށް ތެދުވެރިކަމާއި އަމާނާތް ތެރި ކަމާއިއެކު މަސައްކަތް ކުރުން މަތީ ދެމިހުންނާނެކަން ތިޔަރައްޔިތުންނަށް ކަށަވަރު ކޮށްދޭނެކަމަށެވެ.

"ﷲ ސުބުހާނަހޫ ވަތައާލާގެ ވާގިފުޅާއިއެކު އަޅުގަނޑުގެ ގާބިލިއްޔަތު ތަންދިން އެންމެ ފުރިހަމަޔަކަށް ރައްޔިތުންގެ ހައްގުގައި ތެދުވެރިކަމާއި އަމާނާތް ތެރިކަމާއިއެކު މަސައްކަތް ކުރުން މަތީ ދެމިހުންނާނެކަން ކަށަވަރުކޮށްދެން." މެމްބަރު ޔާސިރު ލިޔުއްވާފައިވެ އެވެ.

އިތުރަށް މެމްބަރު ޔާސިރު ވިދާޅުވީ ކުޅުދުއްފުއްޓަށް މިތާރީހީ ބަދަލު ގެނައުމަށް ޓަކައި ހިތާރޫހުން މަސައްކަތް ކޮށްދެއްވި އެންމެހާ ލޮބުވެތި ރައްޔިތުންނަށް މިފުރުސަތުގައި ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާ ކުރައްވާކަމަށެވެ.

ސްޓޭޓަސް ނިންމާލައްވަމުން މެމްބަރު ޔާސިރު ވިދާޅުވީ "އަޅުގަނޑުމެންގެ" ހާލަތު ބަދަލު ކުރާނީ އެންމެންއެކުގައި ކުރާ މަސައްކަތުންކަން ކަމަށެވެ.

ނަން
ކޮމެންޓް
ޙަބީބު.
ތެދުވެރިކަމާއެކު ރަށުތެރެސާފުތާހިރު ކުރާނެ ގޮތެއް ހޯދަންވެއްޖެ އެގޮތުން ޖެހުނުތާކައް ކުނިކޮތަޅު އެއްލާލުން ނައްތާލުމައް ރައްވަށާ ރިންގްރޯޑު ޑިވެލޮޕްކުރުން ވަރައްމުހިންމު ޑޮލަރުނެގޭނެ އޭޓީއެމްއެއް ގައިމުކުރުން ވަރައްމުހިންމު ބޮޑެތިމަގުތަކައް ހިޔާކުރުމައް ގަސްއިންދާ ފެންޖެހުން ވަރައްމުހިންމު މަގުކުނިކަހާނެ ބަޔަކު ހޯދާ ކާނުތައް ސާފުކުރުން ވަރައްމުހިންމު ކާޅުމަދުކުރެވޭނެ ނިޒާމެއް ގާއިމުކޮއް ޖެހުނުތާކައް ކަބޯތަކެތި ނޭޅުމައް ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް ހިންގުން ވަރައްމުހިންމު ޑެންގީ ހުންފަދަ ފުރާނަޔައްނުރައްކާ ވާފަދަ ބަލިފަތުރާ މަދިރި އުފެދޭގޮތައް ފެންހަރުލާ ގޮތައް ގޯތިތެރޭ ބާލިދީދަޅު މިނޫންވެސް ތަކެތިބަހައްޓާ މީހުން ޖޫރިމަނާކުރުން މަހަކު އެއްފަހަރު ފޮގްކުރުން ރަށުގެ ރީތިކަން ގެނައުމައް މާރުކޭޓު ކުއްޔާ ވެހިކަލުން ލިބޭ ލާރިން ފޯރުންތެރިކަންނެތް ފަރާތްތަކައް މަގުފާރުތަކުގަ ސިމެންތިޖަހާދީ ކުލައެއްލައިދިނުން މިސްކިތްތައް އޭސީކޮއް ކާޕެޓްއަޅާ ސާފުކުރެވޭނެ މެޝިނަރީހޯދާ ތަމްރީނު ހުރިފަރާތަކައް ވަޒީފާދިނުން ހޮޅުއަށިތައް ޒަމާނާއެއްގޮތައް ރީތިކޮއް މުޑުދަރުކަން މަލަމަތިން ފުހެލުން .
އަންނު ނަޖޫ
ވައިކުޑާގަ ފުންމާލި މީހެއް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com