twitterviber whatsapp telegramfacebookyoutube instagram
23rd October 2019

ރެސިޕީ: މޮންގޯލިއަން ރައިސް

ނަބީލާ އިސްމާޢީލް
May 30, 2019

ބޭނުންވާ ތަކެތި:

  • 2 ޖޯޑު ކައްކާފަ ހުރި ބާސްމަތީ ރައިސް
  • 1 ފިޔާ
  • 3 ލޮނުމެދު
  • 2/1 ސައިސަމުސާ ގާނާފަ ހުރި އިނގުރު
  • ލޮނު
  • 2/1 ސައިސަމުސާ ތެޅިމިރުސް
  • 2/1 ސައިސަމުސާ އަސޭމިރުސް
  • 300ގ ރޯފިލުވާފައި ހުރި ކުކުޅު ( ބޯންލެސް ، ކުދިކޮށް ކޮށާފައި )
  • 1 ޖޯޑު ސްޕްރިންގ އޮނިއަން
  • 3 ބިސް
  • 2/1 ޖޯޑު ރަތް އަދި ފެހި ކެޕްސިކަމް
  • 1 ޖޯޑު ކެބެޖް
  • 1 މޭޒުމަތީސަމުސާ އޮއިސްޓަރ ސޯސް
  • 3 މޭޒުމަތީ ސަމުސާ ސޯޔާސޯސް
  • 3 މޭޒުމަތީ ސަމުސާ ތެޔޮ

ތައްޔާރުކުރާނެ ގޮތް:

އުނދުންމައްޗަށް ތަވައެއް އުދުމަށްފަހު ޔެތޮފޮދު އަޅާ ހޫނުވުމުން އިނގުރު، ލޮނުމެދު އަދި ފިޔާކޮޅުއަޅާ ވަޅޯކޮށްލާށެވެ. ދެން ކެޕްސިކަމް، ކުކުޅު އެޅުމަށްފަހު 3 މިނެޓް ވަންދެން ކައްކާލާށެވެ. ތަވާގައި ހުރި އެތިކޮޅު ތަވައިގެ އެއްކައިރިއަށް ޖައްސާލުމަށްފަހު ބިސް ކޮޅުއަޅާ ރޯފިލުވާލާށެވެ. އެއަށްފަހު ކެބެޖް، ސްޕްރިންގ އޮނިއަން، ތެޅިމިރުސް، އަސޭމިރުސް އަޅާ ރަނގަޅަށް މޯޅި ކޮށްލާށެވެ. ދެން ސޯސްތަކާއި ލޮނު އަޅާލުމަށްފަހު ބަތް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355