twitterviber whatsapp telegramfacebookyoutube instagram
27th April 2024

ރެސިޕީ: ނޫޑްލިސް ބޯކިބާ

ނަބީލާ އިސްމާޢީލް
Jun 1, 2019

ބޭނުންވާ ތަކެތި:

  • 2 ޕެކެޓް ނޫޑްލިސް
  • 3 ޖޯޑު ފެން
  • 1 މަސް ދަޅު
  • 2 ޕެކެޓް ނޫޑްލިސް ސޫޕް
  • 3 ބިސް
  • 1 ފިޔާ (ކޮށާފައި)
  • 1 ލުނބޯ
  • 2/1 މޭޒުމަތީ ސަމުސާ ގާނާފައި ހުރި އިނގުރު، ލޮނުމެދު
  • 2/1 ސައި ސަމުސާ ރީނދޫ
  • ހިކަނދި ފަތް
  • ލޮނު (ބޭނުން ނަމަ)

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ފެން ފޮދު ހޫނުވުމުން ނޫޑުލްސް ކޮޅު މަޑުކޮށްލާށެވެ. މަޑުވުމުން ވަކިން އެއްޗަކަށް އަޅައިފައި ބަހައްޓާށެވެ. އެއަށްފަހު ފިޔާ، މިރުސް، ހިކަނދިފަތް އޭގެ ތެރެއަށް އިނގުރު، ލޮނުމެދު، 2 ޕަކެޓް ހަވާދު (ސޫޕް ޕަކެޓް) އެޅުމަށްފަހު ލުނބޯ ހުތް ޖަހައިގެން މޮޑެލާށެވެ.
ދެން މޮޑެފައި ހުރި އެއްޗެހީގެ ތެރެއަށް މަސްދަޅު، ކުޑަ ރީނދޫކޮޅެއް ލައިގެން މޮޑެލާށެވެ. ނޫޑުލްސް ކޮޅު އަޅައިގެން މޮޑޭއިރު 3 ބިސް އަޅައިގެން ރަހަ ހެޔޮވަރުކުރާށެވެ. އެއަށްފަހު ތަވާގައި ތެޔޮކޮޅެއް އުނގުޅުމަށްފަހު ކުޅި ބޯކިބާވެސް ފިހާ ގޮތަށް ފިހެލާށެވެ. ލޮނު ރަހަ މަޑު ނަމަ ލޮނު ކޮޅެއް އަޅާ ލޮނު ހެޔޮވަރުކޮށްލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355