twitterviber whatsapp telegramfacebookyoutube instagram
10th November 2026

ރެސިޕީ: ޗިކަން އޯމްލެޓް

ނަބީލާ އިސްމާޢީލް
Jan 22, 2020

ބޭނުންވާ ތަކެތި:

  • 5 ބިސް
  • 2/1 ޖޯޑު ކުކުޅު ( ބޯންލެސް، ކުދިކޮށް ކޮށާފައި )
  • 1 ފިޔާ ( ކޮށާފައި )
  • 1 ޓޮމާޓޯ ( ކުދިކޮށް ކޮށާފައި )
  • 1 މިރުސް ( ކުދިކޮށް ކޮށާފައި )
  • 3/1 ސައިސަމުސާ މުގުރި އަސޭމިރުސް
  • 2/1 ޖޯޑު ކެބެޖް ( ކުދިކޮށް ކޮށާފައި )
  • 1 މޭޒުމަތީ ސަމުސާ ލުނބޯހުތް
  • 2 ލޮނުމެދު ( ގާނާފައި )
  • 1 މޭޒުމަތީ ސަމުސާ ތެޔޮ
  • ލޮނު

ތައްޔާރުކުރާނެ ގޮތް:

ކުކުޅުމަސްކޮޅު ތެރެއަށް އަސޭމިރުހާއި ލޮނު އަޅާ އެއްކޮށްލާފައި މަތި ޖަހާފައި 15 މިނެޓް ބަހައްޓާލާށެވެ. ދެބައި ކޮށްފައި އެއްބައި ފިޔާ ތަވައެއްގައި މޯޅިކޮށްލާށެވެ. މޯޅިވުމުން ލޮނުމެދު، ކުކުޅުމަސްކޮޅު އަޅާއެއްކޮށްލާފައި މަތިޖަހައިގެން މަޑުގިނީގައި މަސްކޮޅު ރޯފިލަންދެން ކައްކާލާށެވެ. ބާކީހުރިފިޔާކޮޅުގެ ތެރެއަށް ކެބެޖް، ޓޮމާޓޯ، މިރުސް، ލުނބޯހުތާއި ލޮނުއަޅައިގެން ރަނގަޅަށް އެއްކޮށްލުމަށްފަހު ބިސް އަޅާލާފައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ރޯފިލުވި ކުކުޅުމަސްކޮޅު އަޅާ ރަނގަޅަށްއެއްކޮލާފައި ތަވަޔައަޅާ މަތިޖެހުމަށް ފަހު މަޑުގިނީގައި ފިހެލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293