twitterviber whatsapp telegramfacebookyoutube instagram
5th October 2026

އީދާ ދިމާކޮށް ބީއެމްއެލުން ބޭއްވި ފޮޓޯ ނެގުމުގެ މުބާރާތުގެ ނަތީޖާފާޅުކޮށްފި

ނަބީލާ އިސްމާޢީލް
Jun 10, 2019

އީދު ކިހިނެތް ނަމުގައި މި މަހުގެ 4 ން 6 އަށް ބޭންކް އޮފް މޯލްޑިވްސް އިން ބޭއްވި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދުގެ އުފާވެރި މަންޒަރުތައް ދައްކުވަދޭ ފޮޓޯ ޝެއަރ ކުރުމުގެ މުބާރާތުގެ ގުރުއަތުން ހޮވުނު ފަރާތްތައް ބީއެމްއެލްއިން ހާމަކޮށްފި އެވެ.

އީދު ހަރަކާތްތަކުގެ ތެރެއިން ރައްޓެހިންނާ އާއިލާއެކު ހޭދަކުރާވަގުތުތަކުގެ ފޮޓޯ ޝެއަރ ކުރާއިރު #EidKihineh ހިމަނައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތައް 800 އަށް ވުރެން ގިނަ ފޯސްޓް ވަނީ ލިބިފައި ކަމަށް ބީއެމްއެލް އިން ހާމަކުރެއެވެ. އަދި ފިތުރު އީދުގެ މި ހަރަކާތްތައް ޓްވިޓާރ އަދި އިންސްޓަގްރާމްގައި ޝެއަރކޮށްގެން 5000 ރުފިޔާގެ ގިފްޓް ކާޑު ލިބުނު ފަރާތްތައް ވަނީ ހާމަކޮށްފައެވެ.

ފިތުރު އީދު ދުވަހާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ އަށް ރަށެއްގައި އީދު ސައި ބާއްވާފައެވެ. ބީއެމްއެލްގެ އެހީތެރިކަމާ އެކު، އީދު ސައި ބޭއްވީ ހއ. ހޯރަފުއްޓާއި ށ. ފުނަދު އާއި ނ. ހޮޅުދު އާއި ޅ. ނައިފަރާއި އއ. ރަސްދު އާއި ވ. ފެލިދޫގެ އިތުރުން މ. މުއްޔާއި ސ. ހުޅުމީދޫގަ އެވެ. އީދު ސައި އިންތިޒާމްކޮށްފައިވަނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލާއި މަދަނީ ޖަމިއްޔާތަކާއި އާންމު ފަރުދުންނާ ގުޅިގެންނެވެ.

ޓްވިޓަރ ގައި ފޮޓޯ ޝެއާ ކޮށްގެންވަނީ ތިން ފަރާތެއް ހޮވިފައެވެ . އެ ފަރާތަކަކީ

@marraajameel

@dhiwanderingirl

@ShixnaH

އަދި އިންސްޓަރގްރާމް ގައި ފޮޓޯ ޝެއާ ކުރި ފަރާތްތަކުގެ ތެރެއިން ހޮވުނު ތިން ފަރާތަކީ.

@shaxlon

@awwamphotos

@xidhoo0

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293