twitterviber whatsapp telegramfacebookyoutube instagram
28th August 2025

ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް ގައި 14 ޓީމަކުން ބައިވެރިވެއްޖެ

ނަބީލާ އިސްމާޢީލް
Jun 15, 2019

ޑަބްލިއު ސްޕޯޓްސް އެކަޑަމީއާއި ހޭންޑްބޯލް އެސޯސިއޭޝަންއާ ގުޅިގެން ބާއްވާ ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕްގައި 14 ޓިމަކުން ބައިވެރިވެއްޖެއެވެ.

ޓީމް ލިސްޓްލުމުގެ ސުންގަޑި މި މަހު 10 ގައި ހަމަވެފައިވާއިރު، މުބާރާތުގައި އަންހެން 6 ޓީމަކާއި ފިރިހެން 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ބައިވެރިވެފައިވާ އަންހެން ޓީމް ތަކަކީ ބޯލް ބަސްޓާރ، ބުލްބުލް، ޑޮންޓާރިސް ކަނބަލުން، ފަޔާރ ބޯލްސް ގެ އިތުރުން ނިކަ އާއި ޓީމް ޓައިޓެންސް އެވެ.

ފިރިހެން ޓީމް ތަކުގެތެރޭގައި ހިމެނެނީ ބޭލާ، ވަންތާރޓީ، އެލިޓް، ނިއުއޭޖް، ސޮލޮނައިޑް، ޓަރޓަރުގަ ގެ އިތުރުން ޔުނައިޓަޑް ފުރެންޑްސް އާއި ވެލްކަންސް އެވެ.

ޑަބްލިއު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355