twitterviber whatsapp telegramfacebookyoutube instagram
17th September 2025

ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރާ ތަކެތިން ޓެކްސް ކުޑަނުކުރާނަމަ ތިމާވެއްޓާ އަހުލުވެރިނުކުރެވޭނެ: އެޑިއުކޭޝަން މިނިސްޓަރ

ނަބީލާ އިސްމާޢީލް
Jun 16, 2019

ޕްލާސްޓިކް މަދުކުރުމަށް އޮތް ހައްލަކީ އެނޫން ގޮތެއް ބޭނުންކުރަން ފެށުން ކަމަށާއި އެ ގޮތަށް އަމަލުކުރަން އާންމުން އަހުލުކުރެވޭނީ ޕްލާސްޓިކްގެ ބާވަތްތަކުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ނަގާ ޓެކްސް ކުޑަކުރެވި މި ބާވަތްތައް ބޭނުންކުރުމަށް ހޭލުން ތެރިކުރުވައިގެންކަމަށް އެޑިއުކޭޝަން މިނިސްޓްރ އައިޝަތު އަލީ ވިދާޅުވެއްޖެވެ.

ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ވިދާލުވީ ޕްލާޓިކުގެ ބާވަތްތަކުން ނަގާ ޓެކްސް އެތައް ގުނައެއް ބޮޑުކުރި އިރު އޭގެ ބަދަލުގައި ބޭނުންކުރާނެ ބާވަތްތަކުން ޓެކްސް ކުޑަކުރެވިފައިނުވާކަމަށެވެ. ޕްލާސްޓިކުގެ ބާވަތްތަކުންނަގާ ޓެކްސް ބޮޑުކުރިއިރު ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރެވޭނެ ބާވަތްތަކުން ޓެކްސް ކުޑަނުކުރާނަމަ ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް އަހުލުވެރިނުކުރެވޭނެކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ސްކޫލް ދައުރުގައި މިފަދަ ކަންކަމަށް ދަރިވަރުން އަހުލުވެރިކުރެވިއްޖެނަމަ ނަތީޖާ ފެންނާނެކަން ކަށަވަރުވާ ކަމަށެވެ. އެހެންކަމުން ތިމާވެއްޓަށް ހުރި އެންމެ ބޮޑު ނުރައްކާކަމަށްވާ ޕްލާސްޓިކާއި ދެކޮޅަށް ކުރާ މަސައްކަތުގައި ސްކޫލް ކުދިން އިތުރަށް ހޭލުންތެރިކުރުވުމުގެ މުހިއްމުކަން މިނިސްޓަރ ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355