twitterviber whatsapp telegramfacebookyoutube instagram
20th April 2024

އުރީދޫއިން އީ ސިމްގެ ހިދުމަތް ތައާރަފުކޮށްފި، އެއްފަހަރާ 9 ސިމް ބޭނުންކުރެވޭ

ނަބީލާ އިސްމާޢީލް
Jun 16, 2019

ޑިޖިޓަލް މޯލްޑިވްސްއަށް އެއްބާރުލުން ފޯރުކޮށްދީ ބައިނަލް އަގުވާމީ ޓެކްނޮލޮޖީތައް ދިވެހިންނަށް ތައާރަފްކޮށްދިނުމަށް ފެށުނީއްސުރެ ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އީ-ސިމްގެ ހިދުމަތް އުރީދޫއިން ފޯރުކޮށްދޭން ފަށައިފި އެވެ

.

ރާއްޖޭއަށް މުޅިން އަލަށް އީ-ސިމްގެ ހިދުމަތް ތައާރަފްކޮށްދީފައި ވަނީ އުރީދޫ އިން މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި މެހެމާނު މިނިސްޓަރ އޮފް ޓުއަރިޒަމް އަލީ ވަހީދު އަދި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ ނަޖީބް ޚާން އެވެ.

އީ-ސިމްގެ ހިދުމަތް މެދުވެރިކޮށް ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ޓުއަރިސްޓް ޕްލޭންވެސް ހިޔާރު ކުރެއްވޭނެ ކަމަށް އޫރިދޫއިން ހާމަކުރެއެވެ. މަދު ގައުމެއްގައި މިހާތަނަށް ތައާރަފުކުރެވިފައިވާ މި ހިދުމަތް އަދި ބޭނުން ކުރެވޭނީ އީސިމް ޓެކްނޮލޮޖީ ހިމެނިފައިވާ އެންމެ ފަހުގެ ފޯނުތަކުގައި އެކަންޏެވެ. މީގެތެރޭގައި އައިފޯން އެކްސް އެސް، އައިފޯން އެކްސް އެސް މެކްސް އައިފޯން އެކްސް އާރް އަދި ގޫގުލް ޕިކްސެލް 3 ހިމެނެއެވެ.

މިހާރު ބޭނުންކުރާ ޕްލާސްޓިކް ސިމްގެ ބަދަލުގައި އީ-ސިމް އަކީ ސްމާޓްފޯނަށް އިންސްޓޯލް ކޮށްލެވޭ ޑީޖިޓަލް ސިމްކާޑެކެވެ. މި އިލެކްޓްރޯނިކް ސިމް ކާޑު މެދުވެރިކޮށް ކޮންމެ ފޯނެއްގައިވެސް 9 ނަމްބަރު ބޭނުންކުރެވޭނެ އެވެ. އަމިއްލަ ބޭނުމަށާއި ވިޔަފާރި ކުރުމަށް ގިނަ ނަމްބަރުތައް ބޭނުންކުރާ ކަސްޓަމަރުންނަށް މި ހިދުމަތުގެ ފަސޭހަކަން ލިބިގެންދާނެ ކަމަށް އުރިދޫއިން ފާހަގަކުރެއެވެ.

އުރީދޫގެ މެނޭޖިން ޑައިރެކްޓަރ އަދި ސީއީއޯ ނަޖީބް ޚާން ފާހަގަ ކުރެއްވިގޮތުގައި ބައިނަލްއަގުވާމީ އައިސީޓީ ދާއިރާއަށް ތައާރަފްކުރެވޭ ފަހުގެ ޓެކްނޮލޮޖީތަކާއި އުފެއްދުންތެރި ހިދުމަތްތައް ދިވެހިރާއްޖެއަށް ގެނައުމަށް ހާއްސަ އިސްކަމެއްދީ އުރީދޫ އިން އަބަދުވެސް ވަނީ އިސް ދައުރެއް އަދާކޮށްފައި ކަމަށެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް އީސިމްގެ ހިދުމަތް ބޭނުންކުރުމަށް އުރީދޫގެ ކަސްޓަމަރުންނަށް ފުރުސަތުދީ އެންމެ ފޯނެއްގައި އެތައް ނަންބަރުތަކެއް ބޭނުންކޮށްލުމުގެ ފަސޭހަ ފަހިކޮށްދެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށެވެ.

މި ހިދުމަތުގެ ސަބަބުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ އެތަށް މިލިއަން ޓުއަރިސްޓުންގެ ދަތުރު ފެށުމުގެ ކުރިންވެސް އުރީދޫ ޓުއަރިސްޓް ސިމެއް ބައްލަވައިގަނެ ރާއްޖޭގައި ފްލައިޓް ޖެއްސުމާއި އެކު ނަމްބަރު އެކްޓިވޭޓް ކޮށްލުމަށް މަގުފަހިވެގެން ދާނެކަމަށެވެ. އީސިމްގެ ހިދުމަތް ފުޅާވެގެންދާއިރު ޑިޖިޓަލް ރާއްޖެއެއްގައި އައިއޯޓީ ޓެކްނޮލޮޖީ ބޭނުންކުރުމަށް އެހީތެރިވެދީ، ޑިޖިޓަލް މުސްތަގުބަލެއްގައި ބައިވެރިވުމަށް އިތުރަށް ތައްޔާރުވެވޭނެ ކަމަށެވެ.

އީސިމް ހިދުމަތާއި އެކު، ކޮންމެ ތަނެއްގައި ހުރެގެންވެސް ކަސްޓަމަރުންނަށް އުރީދޫ ނަމްބަރެއް ނަގައި ފަސޭހަކަމާއެކު އެކްޓިވޭޓް ކޮށްލެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355