twitterviber whatsapp telegramfacebookyoutube instagram
21st July 2019

ޖުމްހޫރީ މޭވާ އެހާ މީރު، އެހާ ފައިދާހުރި

ނަބީލާ އިސްމާޢީލް
Jun 22, 2019

ޖުމްހޫރީ މޭވާ ނުވަތަ ޕެޝަން ފުރުޓަކީ އާންމުކޮށް ގޭގައިވެސް ވަރަށް ފައްސޭހައި ހައްދާލެވޭ މޭވާއެކެވެ. މިއީ ހުތް ފޮނި ރަހައެއްދޭ ގިނަ ބޭފުޅުންނަށް ވެސް ވަރަށް މީރު މޭވާއެކެވެ. އަދި ހަމަ އެހާމެ ގިނަ ފައިދާ އެކުލެވިގެންވާ މޭވާއެކެވެ.

ޕެޝަން ފުރުޓަކީ ވިޓަމިން ސީ، އަލްފަ ކަރޮޓިން ފަދަ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ މާއްދާ އެކުލެވިގެންވާ މޭވާ އެކެވެ. މީގެ އިތުރުން އަޔަން ނުވަތަ ދަގަނޑުގެ މާއްދާ އެކުލެވިގެންވެއެވެ. ލޭގެ ހެމަގްލޮބިން ނުވަތަ އެޗްބީ ހުންނަ މިންވަރު އިތުރުކޮށްދޭ މާއްދާއެއް ކަމަށް އަޔަން ވެއެވެ.

ގިނަ މިންވަރަކަށް ފެޝަން ފުރުޓުގައި އެކުލެވިގެންވާ މާއްދާތަކެއް ކަމަށްވާ ވިޓަމިން ބީސިކްސް އާއި ވިޓަމިން ބީތްރީ އަކީ ތައިރޮއިޑްގެ ނިޒާމު ފުރިހަމައަށް ކުރިއަށް ގެންދިޔުމަށް އެހީވެދޭ މާއްދާތަކެކެވެ. މީގެ އިތުރުން ހިތުގައިވާ އަރޓެރިއަލް ފާރުތައް ހަރު ވިޔަ ނުދިނުމާއި ހިތުގެ ވިންދު ފަދަ ނިޒާމުތައް ފުރިހަމައަށް ކުރިއަށް ގެންދިއުމަށް މި މާއްދާތައް އެހީވެދެއެވެ. ހަމައެހެންމެ މީގައިވާ ފެނޯލިކް ކޮމްޕައުންޑާއި އަލްކަލޮއިޑްސް އަކީ ހާސްކަމާއި ނުތަނަވަސްކަމުން ދުރުކޮށް ދިނުމަށާއި ނިދަން އުނދަގޫވާ ވުން ދުރުކޮށް ދިނުމަށް މުހިންމު ދައުރެއް އަދާ ކުރާ މާއްދާތަކެއްކަންވެސް ދިރާސާާތަކުން ފާހަގަ ކުރެވެއެވެ.

ފެޝަން ފުރުޓަކީ އޭގައި ގިނަ އަދަދަކަށް ކެލްޝިއަމް، މެގްނީޝިއަމް، އަޔަން، ސޯޑިއަމް ފަދަ މިނަރަލްތައް އެކުލެވިގެންވާކަމަށް މޭވާއެކެވެ. މި މިނަރަލްތަކަކީ ކަށިގަނޑުގެ ބާރު ދަމަހައްޓައިދީ ކަށިގަނޑު ފީ ވިޔަ ނުދީ ވަރުގަދަކަން މަތީގައި ދަމަހައްޓައިދޭނެ އެއްޗެހިތަކެކެވެ. މި ފަދަ ކަށިގަނޑު ފީވާ ބަލިތަކަށްވެސް އަވަސް ފަރުވާއެއް ލިބުމަށް އެހީތެރިވެދޭ މޭވާއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355