twitterviber whatsapp telegramfacebookyoutube instagram
30th March 2026

ބާސްކެޓް ބޯލް ކުރިއަރުވަން ހިލޭ ޕްރޮގުރާމެއް ހިންގައިފި

ނަބީލާ އިސްމާޢީލް
Jun 24, 2019

ޑަބްލިއު ސްޕޯޓްސް އެކަޑަމީ އާއި ބާސްކެޓް ބޯލް އެސޯސިއޭޝަން އާއި ގުޅިގެން ކުޅުދުއްފުށީގައި ބާސްކެޓްބޯލް ޑެވެލޮޕްމެންޓް ފޯރ ޔޫތް ލޯޑިން ޗެމްޕިއަންސްގެ ނަމުގައި ޕުރޮގުރާމެއް ކުރިއަށް ގެންގޮސްފި އެވެ.

މި މުބާރާތަކީ ބާސްކެޓް ބޯލް އެސޯސިއޭޝަން އާއި އީއަޑީ ގުޅިގެން ޑަބްލިއު ސްޕޯޓްސް އެކަޑަމީއިން އިންތިޒާމުކޮށްގެން ޔޫއެސްއޭ ގެ ދެ ކޯޗުން ގެނެސްގެން ހިލޭ ކުރިއަށް ގެންދެވުނު ޕުރޮގުރާމެކެވެ.

6 ކޯޗުންނާއި ރަށުގެ 2 ސްކޫލެއްގެ ގުރޭޑް 4، 5، އަދި 6 ގެ 100 އަށްވުރެން ގިނަ ކުދިން ބައިވެރިވި މިޕުރޮގުރާމު ކުރިއަށް ގެންދެވިފައިވަނީ މިމަހު 20 ވަނަދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ބާސްކެޓް ކޯޓުގައި އެވެ. ޕްރެކްޓިކްސް ކޯޗުންނަށް ފާހަގަކުރެވުނު، އަހުލާގީގޮތުން ރަނގަޅު ކުދިންނަށް ވަނީ އިނާމު ދީފަ އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ޑަބްލިއު ސްޕޯޓްސް އެކަޑަމީއިން ހާމަކުރިގޮތުގައި މިއީ ބާސްކެޓް ބޯލް އެސޯސިއޭޝަން އާއި ޑަބްލިއު ސްޕޯޓްސް އެކަޑަމީއާއި ގުޅިގެން ހަގު އުމުރުގަ ބާސްކެޓް ބޯލް ކުރިއެރުވުމުގެ މަގުސަދުގައި ހިންގުނު ޕުރޮގުރާމެއް ކަމަށެވެ.

ބާސްކެޓް ބޯލް އެސޯސިއޭޝަނުން މި ޕްރޮގުރާމު ވަނީ ހުޅުމާލޭގައި އާއި މާލޭގައިވެސް ކުރިއަށްގެންގޮސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355