twitterviber whatsapp telegramfacebookyoutube instagram
28th June 2026

ކޮޕާ އެމެރިކާގެ ސެމީ ފައިނަލަށް ބްރެޒިލް އަދި އާޖެންޓީނާ ދަތުރުކޮށްފި

Jun 29, 2019

ދެކުނު އެމެރިކާގެ ގައުމު ތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި މުބާރާތް ކަމުގައިވާ ކޮޕާ އެމެރިކާގެ ސެމީއަށް ބްރެޒިލް އަދި އާޖެންޓީނާ ދަތުރުކޮށްފި އެވެ.

ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ފަތިހު ބްރެޒިލް އާއި ޕެރަގުއޭ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން ބްރެޒިލް މޮޅުވެފައިވަނީ 4-5 އިންނެވެ. ބްރެޒިލްގެ ޕެނަލްޓީތައް ކާމިޔާބު ކޮށްދިނީ ގެބްރިއަލް ޖީސަސް، ކުޓީނިއޯ، މާކުއިނިއޯސް، އަދި ވިލިއަން އެވެ. ނާކާމިޔާބުވީ ފިރްމީނިއޯ ޖެހި ޕެނަލްޓީ އެކަންޏެވެ.

ހުކުރު ދުވަހުގެ ރޭ އާޖެންޓީނާ އިން ވަނީ ވެނެޒިއުލާ އާ ބައްދަލުކޮށް 2-0 އިން މޮޅުވެގެން ސެމީއަށް ގޮސްފައެވެ. މުޅި މުބާރާތުގައި ވެސް ދަށްކުޅުމެއް ކުޅެމުންދާ އާޖެންޓީއާ އިން މިމެޗުން މޮޅުވިނަމަވެސް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މެޗުގައި ގިނަ އިރު ބޯޅަ ކޮންޓްރޯލް ކޮށްގެން ގެންގުޅެފައި ވަނީ ވެސް ވެނެޒިއުލާ އެވެ. އާޖެންޓީނާގެ ގޯލްތައް ޖަހައިދިނީ ލައުޓޫރޯ މާޓިނޭޒް އަދި ޖިއޮވާނީ ލޮސެލްސޯ އެވެ.

ކުއާޓާގެ 3 ވަނަ މެޗުގައި ކޮލަމްބިއާ އާއި ޗިލީ ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން ޗިލީ ވަނީ ސެމީ އަށް ގޮސްފައެވެ. ސެމީގައި ޗިލީއާ ބައްދަލު ކުރާނީ މިރޭ އުރުގުއޭ އާއި ޕެރޫ ބައްދަލުކޮށް މޮޅުވާ ޓީމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355