twitterviber whatsapp telegramfacebookyoutube instagram
7th June 2026

ދިރާގުން ގިގަބިޓް ސްޕީޑުގައި 1 ޖީ.ބީ.ޕީ.އެސް އާ ހަމައަށް އިންޓަނެޓް ތައާރަފްކޮށްފި

ޚަދީޖާ އާދަމް
Jun 30, 2019
1

ދިރާގުން ފުރަތަމަ ފަހަރަށް ގިގަބިޓް ސްޕީޑުގައި 1 ޖީ.ބީ.ޕީ.އެސް އާ ހަމައަށް ދެވޭ އިންޓަނެޓްގެ ހިދުމަތް ރާއްޖޭގެ ގޭބިސީތަކަށް ތައާރަފުކޮށްފިއެވެ.

މިއީ ދިރާގުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހައިސްޕީޑް ފައިބަރ އިންޓަރނެޓް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ލަނޑުދަނޑިއެކެވެ.

މި ލަނޑުދަނޑި ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ވަނީ 30 ޖޫން 2019 ވަނަ ދުވަހުގެ ހެނދުނު ދިރާގު ހެޑް އޮފީހުފައި ހާއްސަ ހަފްލާއެއް ބާއްވާފައިއެވެ. މި ހަފުލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ އެންޑް މުހައްމަދު މަލީހް ޖަމާލް އެވެ.

ގިގަބިޓް ސޕީޑްގައި 1ޖީ.ބީ.ޕީ.އެސް އާހަމައަށް އިންޓަރނެޓްގެ ހިދުމަތް ރާއްޖޭގެ ގިނަ ރަށްތަކަކަށް އެއްފަހަރާ ތައާރަފް ކުރެވިގެންދާނެ ކަަމަށް ދިރާގުން މައުލޫމާތު ދެއެވެ. މި ހިދުމަތް ގާއިމުކުރެވިފައިވާ ރަށްތަކުގެ ތެރޭގައި މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ހދ. ކުޅުދުއްފުށި، ބ. އޭދަފުށި، ލ. ގަން، ލ. ފޮނަދޫ އަދި އދ. ދަނގެތި ހިމެނެއެވެ.

މިގޮތުން ދިރާގުން ކުރިއަށް ގެންދާ "ޑިޖިޓަލް ރާއްޖެ" ޕްރޮގްރާމްގެ ދަށުން މާލެއެކޭ ތަފާތެއްނެތި ރާއްޖޭގެ ގިނަ ރަށްތަކަކަށް ނެޓްވާރކް ފުޅާކޮށް ކުރު މުއްދަތެއްގެ ތެރޭގައި މުޅިރާއްޖޭގެ ގޭބިސީގެ %75 އަށް ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް އިންޓަރނެޓް ވަނީ ފޯރުކޮށްދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355