twitterviber whatsapp telegramfacebookyoutube instagram
11th November 2026

ކުޅުދުއްފުށި ބޮޓަލިން ޕްލާންޓުން ފެން އުފައްދާ ބާޒާރަށް ނެރެން ފަށައިފި

ޚަދީޖާ އާދަމް
Jul 1, 2019
4

ފުޅީގައި ފެންބަންދުކުރުމަށް ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ބޮޓަލިން ޕްލާންޓު ފެން އުފައްދާ މިއަދު ބާޒާރަށް ނެރެފި އެވެ. ފެން އުފައްދާ ވިއްކަން ފަށާފައިމިވަނީ ރަސްމީކޮށް ހުޅުވިތާ ގިނަ ދުވަސްތަކެއްފަހުން ކަން ފާހަގަކުރެވެ އެވެ.

އެ ޕްލާންޓުގެ އޮފިޝަލަކު "ކޭއޯ"އަށް މައުލޫމާތު ދެމުން ވިދާޅުވީ މިއަދުން ފެށިގެން ފެން ވިއްކަން ފަށާފައިވާނެ ކަމަށާއި މިހާރު 330 މލ، 500 މލ އަދި 1.5 ލ ފެންފުޅި އެ ޕްލާޓުން ވިއްކަމުން ދާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި 5 ލީޓަރުގެ ފެންވެސް ބަޒާރަށް ނެރުމުގެ މަސައްކަތް ކުރަމުންދާކަަމަށް ވެސް އެފަރާތުން މައުލޫމާތު ދެއެވެ.

އެގޮތުން މި 3 ސައިޒުގެ ފެން ކޭހެއް ގޭބީސީތަކާއި އޮފީސްތަކަށް ވިއްކަމުން ދަނީ 58 ރުފިޔާއަށެވެ. ފިހާރަ، ރެސްޓޯރެންޓް އަދި ގެސްޓް ހައުސްތަކަށް ކޭސް ވިއްކަނީ 55 ރުފިޔާއަށެވެ. މީގެ އިތުރުން 100 ކޭހާއި 499 ދެމެދުގެ އަގަކަށް ފެން ގަންނަ ނަމަ 53 ރުފިޔާއަށް ކޭހެއް ވިއްކާއިރު 500 އަށް ވުރެ ގިނައިން ގަންނަނަމަ ވިއްކަނީ 51 ރުފިޔާއަށެވެ.

މީގެ އިތުރުން 5 ކޭހަށް ވުރެ އިތުރަށް ގަންނަނަމަ ޑެލިވަރީގެ ހިދުމަތްވެސް ފޯރުކޮށްދޭނެ ކަމަށާއި އޯޑަރުދިނުމަށް 3349922 ނުވަތަ 7933388 ނަންބަރާ ގުޅުއްވައިގެން ނުވަތަ ފެން ޕްލާންޓުގެ ފްރޮންޓް އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި ވަޑައިގެންވެސް އޯޑަރު ދެއްވޭނެކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފެން ޕްލާންޓު ހުޅުވިފައި ހުންނާނީ ހެނދުނު 8:30 މެންދުރުފަހު 01:00 އަދި މެންދުރުފަހު 02:00 ން ހަވީރު 16:00 ށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293