twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބޮޑުތިލަދުންމައްޗާއި މާލެއާ ދެމެދު ލޯންޗު ފެރީގެ ހިދުމަތް ފަށަނީ

އަބްދުލް ވާހިދު ޙަސަން
Jul 3, 2019
7

މާލެ އާއި ބޮޑުތިލަދުންމަތީގެ ބައެއް ރަށްތަކާ ދެމެދު ލޯންޗު ފެރީގެ ހިދުމަތް ދޭން "ހޯޕް ޓްރެވަލްސް" އިން ތައްޔާރުވެއްޖެ އެވެ.

ހޯޕް ޓްރެވަލްސްގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ، މިއީ އެފަރާތުން މުޅިން އަލަށް ފަށައި ހިދުމަތެއް ކަމަށެވެ. ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދަތުރުތައް ކުރަނީ ނ އަތޮޅުގެ ރަށްތަކާއި ކުޅުދުއްފުއްޓާއި ހއ ހޯރަފުއްޓާއި ދިއްދޫ އަދި އިހަވަންދޫއާ ދެމެދު އެވެ. ދެ ރޫޓަކުން ކުރަން ހަމަޖެހިފައިވާ މި ދަތުރުތައް ހޮނިހިރު، ހޯމަ އަދި ބުރާސްފަތިދުވަހު ކުރަނީ ހއ ހޯރަފުށިން، ދިއްދޫ، އިހަވަންދޫ، ކުޅުދުއްފުށި އަދި މާލެ އެވެ. ނ އަތޮޅުގެ ރަށްތަކުގެ ދަތުރު ރޫޓް އޮންނަނީ އާދިއްތަ އަދި ބުދަ ދުވަހު އެވެ.

މި ދަތުރުތައް ކުރަނީ އެންމެ ޒަމާނީ ފެންވަރުގެ 63 މީހުންގެ ޖާގައިގެ ލޯންޗެއްގައި އެވެ. އޮފިޝަލް ވިދާޅުވީ ވައިފައި ލިބެން ހުންނައިރު ތަފާތު ރިފުރެޝްމެންޓްތައްވެސް ކަސްޓަމަރުންނަށް ލިބެން ހުންނާނެ ކަމަށެވެ.

ލޯންޗުގައި ބޭނުންކުރެވޭނީ ތިމާވެއްޓާއި ރައްޓެހި ބަޔޮޑިގުރެޑަބަލް ކޮތަޅުކަމަށާއި އަދި މޫދަށް ކުނި އެޅުންފަދަ ކަންކަން ވަރަށް ގާތުން ބެލި އެފަދަ ކަންކަން މެދުވެރިވެ ނުދިޔުމަށް ހަރުދަނާ ފިޔަވަޅު އެޅިފަ ހުންނާނެ ކަމަށެވެ.

މި ހިދުމަތުގެ ސަބަބުން އުތުރުގެ ރައްޔިތުންނަށް ލުއި ފަސޭހަވެގެންދާނެކަމަށް އުންމީދުކުރާކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355