twitterviber whatsapp telegramfacebookyoutube instagram
24th April 2024

އެންމެ އަގުބޮޑު މައުދަން!

Jul 17, 2019
2

ދުނިޔޭގެ އެންމެ އަގުބޮޑު ގަހަނާއަކަށް ފެނުނީ ކޯޗެއްހެއްޔެވެ؟ އެއީ ކޮންމެ އެއްޗަކަށް ވިޔަސް އެ އެއްޗެއްގެ ބަރުދަން 1 ގުރާމް އަށްވުރެ ބަރުވާނެ އެވެ. އަދި އެއީ އަގުބޮޑު އެއްޗަކަށް ވިޔަސް ދުނިޔޭގައިވާ އެހެންމައުދަންތަކާ އަޅާބަލާއިރު އޭގެ އަގު އެހެން މައުދަންތަކާ އަޅާނުކިޔޭނެ އެވެ. ރަނަކީ އެންމެ އަގުބޮޑު މައުދަނެއްނޫނެވެ.

ދުނިޔޭގެ އެއްމެ އަގުބޮޑެތި މައުދަންތައް

ފެންސިއަމް

ފެންސިއަމް ގުރާމެއް ގަންނަންވެއްޖެނަމަ މަދުވެގެން 1 ބިލިއަން ޑޮލަރު ހަރަދުކުރަން ޖެހެއެވެ. އަދި އެވަރަށް ލާރިހުއްޓަސް ފަހަރެއްގައި އޭގައި އަތްނުލެވިދާނެ އެވެ. ސަބަބަކީ މިހާތަނަށް ފެންސިއަމްގެ 1 ގުރާމް ހަމަލޮލަށް ފެންނަށް ހުންނަނީ 22 މިނިޓް ކަމަށްވާތީއެވެ. ފެންސިއަމްގެ އުމުރަކީ 22 މިނެޓްކަމަށް ވުމުން، 22 މިނިޓް ފަހުން އެމައުދަން ޖައްވު ގެތެރެއަށް އާތްވަށްވެގެން ގެއްލިދެ އެވެ. އެހެންނަމަވެސް ގަބޫލުކުރެވޭގޮތުގައި ބާރުގަދަގޮވުންތަކުގައި ފެންސިއަމް ފެނެއެވެ. މިހާތަނަން ދުނިޔޭގައި އުފައްދާފައިވާ އެންމެ ގިނަ އަދަދެއްގެ ފެންސިއަމް އުފަންދާފައިވަނީ ލެބޯޓުރީގައެވެ. އުފަންދާފައިވާ ފެންސިއަމްގެ އަދަދަކީ 300 އެޓޮމްއެވެ. ދުނިޔޭގައި އޭގެބޭނުމެއްނުކުރެވޭ އަދި އަވަހަށްނެތިފާނާވާނޭ މައުދަނަކަށް އަގުބޮޑުކޮށް ގަންނާނީ ކާކު ހެއްޔެވެ؟

ކެލިފޯނިއަމް

ކެލިފޯނިއަމް އަކީ،ގުދުރަތީ ގޮތުން ދުނިޔާގެ ބިމުގައި އުފެދޭ މައުދަނެއްނޫނެވެ. ރޭޑިއޯއެކުޓިވް މައުދަނެކެވެ. ކެލިފޯނިއަމް ގުރާމެއްގެ އަގަކީ ލަފާކުރެވޭގޮތުގައި 27 މިލިއަން ޑޮލަރެވެ. މިމައުދަން އަގުބޮޑުވާންދިމާވާ ސަބަބުތަކުގެ ތެރޭގައި އަހަރެއްގެ މައްޗަށް މިމައުދަށް އުފެއްދޭ މިންވަރުކަމަށްވާ ބައި ގުރާމް ހިމެނެއެވެ. އަދި މިއުފެއްދުމަށް ނިއުކުލިއަރ ރިއެކުޓަރބޭނުންވުން ވެސް ހިމެނެއެވެ. މައިކުރޯގުރާމެއްގެ ކެލިފޯނިއަމް އުފެއްދުމަށްޓަކައި މިނެޓަކު 170 މިލިއަން ނިއުޓުރޯން ޕާރޓިކަލްސް ބޭނުންވެއެވެ. ކެލިފޯނިއަމް އާއްމުގޮތެއްގައި ބޭނުންކުރަނީ ވެލީން ރިހި އަދި ރަންހޯދާށެވެ. ކެލިފޯނިއަމް ނިއުޓުރޯން މޮއިސްޗަ ގޭޖުގައި ބޭނުންކޮށްގެން ތެޔޮވަޅުތަކުގައި ފެނާއި އަދި ތެޔޮ ފަށަލަ ހޯދުމަށް ބޭނުންކުރެއެވެ.

ކާރބަން

ކާރބަން އަކީ ވަރަށް ބޭނުންތެރި މައުދަނެކެވެ. ކާރބަން އަކީ ގިނައަދަދަކަށް އިންސާނުންގެ ހަށިގަނޑުގައި އެކުލެވިގެންވާ ބާވަތެކެވެ. ބޯޓުދެއްޔާ ގުރެފައިޓަކީ އިންސާނުންނަށް އެގޭގޮތުގައި މާކަ އަގުބޮޑުތަކެއްޗެއް ނޫނެވެ. އެހެންނަމަވެސް ކާރބަން އެޓޮމްތައް ވަކިތަރުތީބަކުން އަތުރާލައިފިނަމަ އޭގެ އަގުމައްޗަށް އަރައިގެން ދެއެވެ. އަލިމަސް ނުވަތަ ޑައިމަންޑް އުފެއްދުމަށްޓަކައި ކާރބަން ގުރާމެއްގެ އަގު 65000 ޑޮލަރަށް އަރައިގެންދެއެވެ.

ޕުލޮޓޯނިއަމް

ޕުލޮޓޯނިއަމް އަކީ ދުނިޔޭގައިވާ އެއްމެއަގު ބޮޑު ބާވަތްތަކުގެ ތެރެއިން ބާވަތެކެވެ. ޕުލޮޓޯނިއަމް ގުރާމެއްގެ އަގަކީ 4000 ޑޮލަރެވެ. ޕުލޮޓޯނިއަމް އަގުބޮޑުވުމުގެ އެއްމެ ބޮޑު ސަބަބަކީ ދުނިޔާގައި ޕުލޮޓޯނިއަމް މަދުވުމެވެ. ޕުލޮޓޯނިއަމް އަކީ ނިއުކުލިއަރ ހަކަތައިގައި ވަރަށް މުހިއްމުބާވަތެކެވެ. ޕުލޮޓޯނިއަމްގެ މައިގަނޑު 2 ބޭނުމަކީ ނިއުކުލިއަރ އިންޖީނުގެ ހިއްގުމާއި ނިއުކުލިއަރ ބޮން އުފެއްދުމެވެ.

ސުކޭންޑިއަމް

ސުކޭންޑިއަމްއަކީ ދުނިޔޭގައި ވަރަށް ތަދު އަގުބޮޑު ބާވަތެކެވެ. އަލުމިނިއަމް އުފެއްދުމަށްޓަކައި ސުކޭންޑިއަމް ބޭނުންކުރަންޖެހޭތީ ސުކޭންޑިއަމް ވެފައިވަނީ އެންމެ ގިނައިން ވިޔަފާރިކުރެވޭ މައުދަންތަކުގެ ތެރޭގައި ހިމެނިފައެވެ. ސުކޭންޑިއަމް ގުރާމެއްގެ އަގު ބާޒާރުގައި 270 ޑޮލަރަށް އަރައެވެ. ދުނިޔޭގެ ބާޒާރަށް ބަލާއިރު އަހަރަކު 10 ޓަނު ސުކޭންޑިއަމް ބާޒާރުގައި ދައުރުވެއެވެ. މިއީ 2.7 ބިލިއަން ޑޮލަރުގެ ވިޔަފާރިއެވެ.

ލިޔުނީ: ޝަރަފް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355