ޖުލައި މަހު 28 ވަނަ ދުވަހާއި، އޮގަސްޓުމަހު 15 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފި އެވެ.
ޖުލައި މަހު 28 ވަނަ ދުވަަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ސަރުކާރުގެ ގިނަ މުވައްޒަފުންނާއި ސްކޫލުތަކުގެ ދަރިވަރުން ބައިވެރިވާތީ ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އަދި އޮގަސްޓު 15 ވަނަ ދުވަސް ބައްދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އަޟްޙާ އީދާއި ގުޅިގެން ޗުއްޓީއަށާއި އެހެނިހެން ބޭނުންތަކަށް ރަށުން ބޭރަށް ދާ މުވައްޒަފުންނަށް ލުޔެއް ދިނުމުގެ ގޮތުންނާއި ބަންދު ދުވަސްތަކަށް މެނދުކެޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީއެއް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ޖުލައި 28 އާދިއްތަ ދުވަހަކާއި ދިމާވާއިރު އޮގަސްޓުމަހު 15 ވަނީ ބުރާސްފަތި ދުވަހަކަށެވެ.