twitterviber whatsapp telegramfacebookyoutube instagram
27th March 2026

އެެމެރިކާ އަދި ކެނެޑާއަށް އަދިވެސް ހޫނުގަދަ ވާނެކަމުގެ ބިރު

ޚަދީޖާ އާދަމް
Jul 20, 2019

މިދިޔަ ޖޫން މަހަކީ މި އަހަރު ދުނިޔޭގެ ގިނަ ގައުމުތަކަށް އެންމެ ހޫނުގަދަ ވި މަހެވެ. މި ހޫނުދޯދިތަކުގެ ބިރު ކެނެޑާ އަދި ނިއުޔޯކް ފަދަ ބޮޑެތި ސިޓީތަކަށް އަދިވެސް އެބައޮތެވެ.

ޚަބަރުތަކުން ރިޕޯޓު ކުރާގޮތުގައި ބައެއް ސަރަހައްދުތަކަށް 38 ސެލްސިއަސްއަށް ހޫނު ގަދަ ވާނެއެވެ. މިމަހު ކުރީކޮޅު އެެންމެ ހޫނު ގަދަވިކަމަށް ރިކޯޑު ކުރެވިފައިވަނީ ޔޫއެސްގެ އަލަސްކާ އަށެވެ. އަދި ކޮލޮރެޑޯ އަދި ކެންސަސްއަށްވެސް މި ބިރު އެބައޮތެވެ.

މިއަދާއި މާދަމާ ނިއުޔޯކަށް އެންމެ ހޫނު ގަދަވާނެ ދެ ދުވަހެވެ. އަދި މިދިޔަ ހުކުރު ދުވަހަކީވެސް ހޫނުގަދަ ދުވަހެއްގެ ގޮތުގައި ވަނީ ރިކޯޑުކުރެވިފަ އެވެ.

ހޫނު ގަދަ ވުމުގެ ސަަބަބުން ނިއުޔޯކުގައި އެމެޖެންސީވެސް އިއުލާނުކޮށްފައިވާއިރު އެ ގައުމުގެ މޭޔާރ ވަނީ ކުރިއަށް ދުވަސްތަކުގައި އިތުރަށް ހޫނު ގަދަވާނެތީ ބޭރަށް ނިކުމެ ނޫޅުމަށް އިލްތިމާސްކޮށްފައެވެ.

ފަައްސަތޭކައަށް ވުރެ ގިނަ ކޫލިން ސެންޓަރުވެސް ނިއުޔޯކުގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާއިރު މޫސުމާބެހޭ އިދާރާތަކުން ވަނީ މިހަފުތާ ބަންދުގައި ބައެއް އެހެން ސިޓީތަކަށްވެސް ހޫނު ގަދަ ވާނެކަަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި ކެނެޑާއާއި ޔޫއެސްއޭގެ ބޯޑާރ ކައިރީގައި އޮންނަ ޑެޓްރޮއިޓް ހިމެނެއެވެ.

ކެނެޑާގެ މޮންޓްރިއަލް 45 ސެލްސިއަސް ހޫނު ގަދަ ވާނެ ކަމަށް އެ ގައުމުގެ މީޓްްރޮލޮޖިސްޓުން ބުނާއިރު އޮންޓްރިއޯ، ކިއުބެކް އަދި ނޯވާ ސްކޯޓިއާށް 40 ސެލްސިއަސްއަށް ހޫނު ގަދަވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355