ފުޓްބޯޅަ ދުނިޔޭގައި ކުޅެވޭ އެންމެ ޝަރަފްވެރި ކްލަބް ލެވެލް މުބާރާތް ކަމުގައިވާ ޗެމްޕިއަންސް ލީގުގެ ދެން އޮތް ސީޒަނުގެ 3 މެޗްގައި ނޭމާއަށް ނުކުޅެވޭނެއެވެ. ތިން މެޗަށް ބްރަޒިލްގެ ތަރި ސަސްޕެންޑް ކޮށްފައިވާކަން ޔޫއޭފާއިން ވަނީ މިދިޔަ ބުދަދުވަހު ޔަގީން ކޮށްދީފައެވެ. މިއީ ނިމިދިޔަ ޗެމްޕިއަންސް ލީގުގައި ނޭމާ ބޭއަދަބީކޮށް ރެފްރީންނަށް ކުރި ތުހުމަތުތަކެއްގެ ސަބަބުން ޔޫއެފާއިން ދިން އަދަބެއްގެ ގޮތުން އެޅި ފިޔަވަޅެކެވެ.
ނޭމާ ކުޅެމުން އަންނަ ޓީމްކަމަށް ވާ ފްރާންސް ގެ ގަދަބާރު ޕެރިސް ސެއިންޓް ޖާރްމަން އަދި އިންގިރޭސި ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑް ކުއާޓަރ ފައިނަލްގައި ބައްދަލުކުރި މެޗް ގައި ނޭމާވަނީ އިދިކޮޅު ޓިމަށް މެޗްގެ ފަހުވަގުތު ކޮޅުގައި، ވާރް ޓެކްނޮލޮޖީގެ އެހީގައި ރެފްރީދިން ޕެނަލްޓީއަށް ވަރަށް ބޮޑަށް ފާޑުކިޔައި ނުރުހުން ފާޅުކޮށްފަ އެވެ. މެންޗެސްޓަރ ޔުނައިޓެޑް ގެ ރަޝްފޯޑް ކާމިޔާބު ކުރި މި ޕެނަލްޓީއާއެކު ޕީއެސްޖީ މެޗުން ބަލިވެ މުބާރާތުން ވަނީ ކަޓާފައެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ މަގާމުގައި ހުރި ނޭމާ ލިބިފައިވާ އަނިޔާއެއްގެ ސަބަބުން މި މެޗް ނުކުޅެއެވެ.
ބޭރުގައި މެޗެ ބަލަން ހުރުމަށްފަހު ނޭމާ ވަނި މެޗްގެ ފަހުން އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ރެފްރީންނަށް ނުރުހުން ފާޅުކޮށްފައެވެ. "މީ އަގު ވެއްޓި ލަދުގަންނަން ޖެހޭ ކަމެށް. އެމީހުން ގޮތް އެނިންމަނީ ފުޓްބޯޅަ ރަނގަޅަށް ނޭނގޭ 4 ރެފްރީން ޓީވީ ސްކްރީނަކުން ސްލޯމޯޝަން ވީޑިއޯއެއް ބަލައިގެން" ނޭމާ ލިޔެފައި ވެއެވެ.
27 އަހަރުގެ ސްޓައިކަރ އަށް ވަނީ އަނިޔާގެ މައްސަލަތަކާ ހުރެ ގައުމީޓީމް ގަ އާއި ކްލަބް ގަ އެދެވޭ ކުޅުމެއް ދެއްކޭގޮތް ނުވެފަ އެވެ. ކްލަބް އަދި އޭނާގެ ފޭނުންވެސް ދަނީ މިކަމާ ނުރުހުމުގެ ޝުއޫރު ފާޅުކުރަމުންނެވެ. ބާސާ އިން އޯގަސްޓް 2017 ގައި ޕީ.އެސް.ޖީ އަށް ބަދަލުވުމަށް ފަހު ގިނަބަޔަކު އުންމީދު ކުރި ގޮތާ ހިލާފަށް ނޭމާއަށް ވަނީ ގިނަ އަނިޔާގެ މައްސަލަތަށް ކައިރިކައިރީ ދިމާވެ މޮޅުކުޅުމެއް ދައްކަން ނުކުޅެދިފަ އެވެ.
ނޭމާ އަށް ޕެރިސްގައި ބްރެޒިލްގެ އަންހެނެއް ރޭޕްކުރުމުގެ ތުހުމަތުގައި ބްރަޒިލްގެ ކެޕްޓަންކަން ގެއްލުނުއިރު، ރަނގަޅު ކުޅުމެއް ނުދެއްކި އެންމެ ޝަރަފްވެރި އިންޑިވިޑުއަލް އެވޯޑް ކަމަށްވާ ބެލޮންޑިއޯ ނޮމިނޭޝަން ލިސްޓްގެ ގަދަ ދިހައެއް ގައި ވެސް ނުހިމެނެއެވެ.
އަލުން އެންބުރި ކުރީގެ ކްލަބް ބާސެލޯނާއަށް ބަދަލުވުމުގެ ވާހަކަތަށް ދެކެވެމުން އަންނަ އިރު ނޭމާ ޕީއެސްޖީ އަށް ބަދަލުވީ ރެކޯޑް އަދަދެއް ކަމުގައިވާ 222 މިލިއަން ޔޫރޯ އަށް 2 އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުންނެވެ.