twitterviber whatsapp telegramfacebookyoutube instagram
24th September 2026

ސަޕޯރޓް ސިސްޓަމް އަޕްގްރޭޑު މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފަ:ދިރާގު

ޚަދީޖާ އާދަމް
Jul 27, 2019
1

ދިރާގުގެ ބިޒްނަސް ސަޕޯރޓް ސިސްޓަމް އަޕްގްރޭޑް މަސައްކަތުގު ބޮޑުބައެއް ކާމިޔާބުކަމާއެކު ނިމިފައިވާކަމަށް ދިރާގުން ބުނެފިއެވެ.

އެގޮތުން މިހާރު މި ސަޕޯޓް ހިދުމަތް ކުރިއެކޭ އެއްގޮތަށް ކަސްޓަމަރުންނަށް ބޭނުން ކުރެވޭނެއެވެ.

o ރީލޯޑް އަދި ރީޗަރޖްއާ ގުޅޭ ޚިދުމަތްތައް

o މޮބައިލް އެޑް އޮންސް އަދި މޮބައިލް ޕެކޭޖް ބަދަލުކުރުން

o ދިރާގު ވެބްސައިޓްގައިވާ "މައި އެކައުންޓް" އަދި ދިރާގު މޮބައިލް އެޕް

o މަމެން މޯބައިލް އެޕް (ބިލްޑް އަދި ޓޭކްބެކް ފީޗަރ)

o ދިރާގު ކަސްޓަމަރ ސާރވިސް ސެންޓަރ ތައް އަދި ދިރާގު ޕާރޓްނަރ ޝޮޕްތަކުން އައު މޮބައިލް ޚިދުމަތް ހޯދުމާއި މޮބައިލް ބިލަށް ފައިސާ ދެއްކުން

މި އަޕްގްރޭޑް މަސައްކަތަކީ ވަރަށް ގިނަ ޓެކްނިކަލް ކަންތައްތަކެއް އެކުލެވިގެންވާ އަދި ތަފާތު މަރުހަލާތަކަށް ބެހިގެންދާ މަސައްކަތެއްކަމަށާއި އެގޮތުން ކުރިއަށް އޮތް މަސްތަކުގައިވެސް މި އަޕްގްރޭޑްގެ ތަފާތު މަރުހަލާތަކުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މި އަޕްގްރޭޑްގެ އަމާޒަކީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ކަސްޓަމަރުން ބޭނުންކުރާ ހިދުމަތްތަކުގެ ތަޖްރިބާ ރަނގަޅުކުރުން ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293