twitterviber whatsapp telegramfacebookyoutube instagram
9th June 2025

ޕެންޓަގުރާމް އީދު ސޭލް މިފަހަރު ހަނިމާދޫގައި

އަބްދުލް ވާހިދު ޙަސަން
Jul 28, 2019

ކުޅުދުއްފުށީ ސަރަހައްދުގައި އަންނައުނުގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުންއަންނަ "ޕެންޓަގުރާމް" ފިހާރައިގެ މިއަހަރުގެ ބޮޑު އީދު ސޭލް ހދ ހަނިމާދޫގައި ބާއްވަން ހަމަޖެހިއްޖެ އެވެ.

މި ސޭލް އޮންނާނީ މިފެށޭ އޯގަސްޓްމަހު 1،2 އަދި 3 ވަނަ ދުވަހު އެރަށު އިޖުތިމާއީ މަރުކަޒުގައި ހަވީރު 4:15 އިން ރޭގަނޑު 10:30 އަށެވެ.

ޕެންޓަގުރާމް އޯނަރު އަބުދުﷲ މާހިރު ކޭއޯއަށް ވިދާޅުވީ، މިފަހަރުގެ ސޭލްގައިވެސް މުދާ ވަރަށް ބޮޑުތަނުން އަގުހެޔޮވާނެ ކަމަށާ، ސޭލުގައި ތަފާތު މުދާ ހުންނާނެ ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ 350ރ ހުންނަ ގަމީސް ސޭލްގައި 150ރ އަށް ލިބޭނެ ކަމަށާ، އަދި 350ރ ހުންނަ ޖީންސް ސޭލުން 195ރ އަށް ލިބެން ހުންނާނެ ކަމަށެވެ. އަދި ކުޑަކުދިންގެ އަންނައުނު ވަރަށް ހެޔޮއަގުގައި ލިބެން ހުންނާނެ ކަމަށްވެސް މާހިރު ވިދާޅުވި އެވެ.

ޕެންޓަގުރާމުން އަންނަނީ އެކި ދުވަސްވަރާ ގުޅޭގޮތުން އެކި ރަށްރަށުގައި ތަފާތު ސޭލްތައް ބާއްވަމުންނެވެ. އެގޮތުން ކުރިނބީ އާއި ވައިކަރަދޫ އަދި ނޭކުރަންދޫގައިވެސް ވަނީ މިފަދަ ސޭލްތައް ކުރިއަށްގެންގޮސްފަ އެވެ.

ޒަމާނީ ފަހުގެ އަންނައުނާއެކު ކުރިއަށްގެންދާ ތަފާތު ސޭލުތަކާއި ޕުރޮމޯޝަންތަކާއެކު ޕެންޓަރުރާމް އޮންނަނީ ވަރަށް މަޝްހޫރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355