twitterviber whatsapp telegramfacebookyoutube instagram
10th July 2025

އީދުގައި ސީކުއީންގެ ހާއްސަ ދަތުރެއް ހޯރަފުއްޓަށް!

ޚަދީޖާ އާދަމް
Jul 28, 2019

ބޮޑު އީދުގައި ހޯރަފުއްޓަށް ސީކުއިންގެ ހާއްސަ ދަތުރެއް ހަމަޖެހިއްޖެ އެވެ. މިއަހަރު ބޮޑު އީދުގައި ފޯރިގަދަ ކުޅިވަރުތަކެއް ހޯރަފުށީގައި އޮންނާނެ އެވެ. ސީކުއީންގެ މިދަތުރު ހަމަޖެއްސީ އެރަށުގައި އޮންނަ އީދު ކުޅިވަރުތައް ބަލާލުމަށް ދިޔުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމަށެވެ.

ހޯރަފުށީގައި އޮންނަ ބޮޑު އީދު ކުޅިވަރު ބެލުމަށް ހާއްސަކޮށް ސީކުއީން ކުރަން ހަމަޖެހިފައިވާ މި ދަތުރު އޮންނާނީ އޮގަސްޓް 13 ގައެވެ. އެގޮތުން ކުޅުދުއްފުށިން މެންދުރުފަހު 14:00 ފުރާއިރު ހޯރަފުށިން ފުރުމަށް ހަމަޖެހިފައިވަނީ އެރޭ 12:00 ގައެވެ.

މި ދަތުރުގެ ޓިކެޓު މިހާރު ވިއްކަމުން ދާއިރު ދެކޮޅު ޓިކެޓު ލިބޭނީ 150ރ އަށެވެ. ހޯރަފުށީގައި މިއަހަރުގެ ބޮޑުއީދު ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާއިރު އީދުގައި ގިނަ ފަންނާނުތަކެއް އެރަށުގައި އޮންނަ ޝޯތަކުގައި ބައިވެރިވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355