twitterviber whatsapp telegramfacebookyoutube instagram
27th April 2024

ދިރާގުން ރާއްޖެއަށް އަލަށް 5ޖީ ތައާރަފްކޮށްފި

ނަބީލާ އިސްމާޢީލް
Aug 1, 2019

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން މުވާސަލާތީ ޓެކްނޮލޮޖީގެ ތެރެއިން މޮބައިލް އިންޓަނެޓް ކަނެކްޓިވިޓީގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށްވާ 5ޖީ ރާއްޖެއަށް ތައާރަފު ކޮށްފިއެވެ.

މި ހިދުމަތް ފައްޓަވައިދެއްވީ ދިރާގު ހެޑް އޮފީހުގައި ރޭ ބޭއްވި ހަފްލާއެއްގައި އެ ކުންފުނީގެ ޗެއާޕާސަން އިސްމާއިލް ވަހީދު އާއި އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދެވެ.

5ޖީ ހިދުމަތް ތައާރަފުކުރެވިގެން ދިޔުމާއެކު ރާއްޖޭގެ އާބަދީ އެންމެ ގިނަ 3 ސަރަޙައްދަކަށް މި ހިދުމަތް ލިބިގެންދާނެ ކަމަށް ދިރާގުން ހާމަކުރެއެވެ. އެގޮތުން މިހިދުމަތްލިބޭ ރަށްތަކުގެ ތެރޭގައި މާލެ، ވިލިނގިލި، ހުޅުމާލެ އެއާޕޯޓްގެ ބައެއްސަރަހައްދު، އައްޑޫ، ހިތްދޫގެ ބައެއް ސަރަހައްދުގެ އިތުރުން ކުޅުދުއްފުށީގެ ބައެއް ސަރަހައްދު ހިމެނޭކަމަށް ދިރާގުން ހާމަކުރެއެވެ.

މި ސަރަޙައްދުތަކުގައި 5ޖީ ސަޕޯޓްކުރާ ޑިވައިސް ގެންގުޅުއްވާ ކަސްޓަމަރުންނަށް އެއްވެސް އިތުރު ޑޭޓާ ޗާރޖަކާ އަދި މިހާރު ގެންގުޅުއްވާ ސިމް މެދުވެރިކޮށް މި ހިދުމަތް ބޭނުންކުރެވޭނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.

ދުނިޔޭގައި 5ޖީ ސަޕޯޓްކުރާ ޑިވައިސްތައް ވަރަށް މަދުކަމުން ދިރާގުން ދަނީ ދުނިޔޭގެ ފޯނު އުފައްދާ ބޮޑެތި ކުންފުނިތަކާ ގުޅިގެން ރާއްޖޭގެ މާރކެޓަށް އެންމެ ފަހުގެ 5ޖީ ސަޕޯޓްކުރާ ފޯނުތަކާއި ޑިވައިސްތައް ގެނައުމުގެ މަސައްކަތް ކުރަމުން ކަމަށް ެކުންފުނިން ހާމަކުރެއެވެ. ރާއްޖޭގައި އެންމެ އަވަހަށް ތައާރަފުކުރެވިގެން ދާނެ 5ޖީ ޑިވައިސް އަކީ މީގެ 2 ދުވަސް ކުރިން މާރކެޓަށް ނެރުނު ހުއާވޭ މޭޓް 20× 5ޖީ ފޯނެވެ.

5ޖީ ހިދުމަތް މިހާރު ލިބެމުން ދަނީ ދުނިޔޭގެ ވަރަށް މަދު ގައުމެއްގައިއެވެ. އަދި މިއަދު ދިރާގުން ރާއްޖޭގައި 5ޖީ ތައާރަފުކުރުމާ އެކު ދިވެހި ރާއްޖެ ވެގެން ދިޔައީ ސައުތް އޭޝިއާ ބައްރުގައި މި ހިދުމަތް ލިބެންފެށި ފުރަތަމަ ގައުމަށެވެ.

ދިރާގުން ވަނީ މިއަހަރު "ޑިޖިޓަލް ރާއްޖެ" ނަމުގައި މުޅި ރާއްޖެ ޓެކްނޮލޮޖީގެ އައު ހަރުފަތަކަށް ގެނެސްދިނުމަށް ކެމްޕެއިނެއް ފަށާފައިއެވެ. މި ކެމްޕެއިންގެ ދަށުން ދިރާގުން ވަނީ މި އަހަރު އެޕްރީލް މަހު ހައިސްޕީޑް ފައިބަރ އިންޓަނެޓް ރާއްޖޭގެ އާބާދީގެ 75 އިންސައްތަ އަށް ފޯރުކޮށްދީފައިއެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ގިގަބިޓް ސްޕީޑުގައި 1 ޖީ.ބީ.ޕީ.އެސް އާ ހަމައަށް ދެވޭ އިންޓަނެޓްގެ ހިދުމަތް ރާއްޖޭގެ ގޭބިސީތަކަށް ވަނީ މި އަހަރު ޖޫން މަހު ތައާރަފުކޮށްފިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355