އީދު ބަންދު ތެރެއިން މިމަހު 14 ވަނަ ދުވަހު މޯލްޑިވްސް އޮފް ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކުން ހިދުމަތް ދޭނެކަން ހާމަކޮށްފި އެވެ.
ބީއެމްއެލުން ބުނީ އަންނަ ހަފްތާގެ ބުދަ ދުވަހު އެ ބޭންކްގެ ހުރިހާ ބްރާންޗުތަކެއް ހުޅުވާފައި ހުންނާނެ ކަމަށެވެ. މި ގޮތަށް ބޭންކުން ނިންމީ ދިގު ޗުއްޓީގައި އެންމެ އެކަށީގެންވާ ގޮތެއްގައި ކަސްޓަމަރުންނަށް ބޭނުންވާ ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށްޓަކަ އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކުން ގާއިމްކޮށްފައިވާ 46 ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް އީދު ބަންދުގައި ޑިޕޮސިޓް ކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑި އިރު ލިބޭނެކަމަށް ބޭންކުން މައުލޫމާތު ދެއެވެ.
އެމްއައިބީގެ ހުރިހާ ސެންޓަރެއް އަންނަ ހުކުރު ދުވަހުން ފެށިގެން ބަންދު ވާނެ ނަމަވެސް އެމްއައިބީން ބުނީ އެ ބޭންކުގެ ހުރިހާ ސެންޓަރަކުން ވެސް ކުރިއެކޭ އެއްގޮތަށް، އަންގާރަ ދުވަހު ހިދުމަތް ދޭނެ ކަމަށެވެ.
އެމްއައިބީގެ ސެންޓަރުތައް މާލޭގެ އިތުރުން ހުޅުމާލެ އާއި ކުޅުދުއްފުއްޓާއި ތިނަދޫ އާއި ފުވައްމުލަކު އަދި އައްޑޫ ހިތަދޫގައި ހުރެ އެވެ.