twitterviber whatsapp telegramfacebookyoutube instagram
25th September 2026

މަށިމާލި ޕެރޭޑާއި ގުޅިގެން މިނިސްޓަރު ޝިދާތާ ހިތްހަމަ ނުޖެހިއްޖެ

ޚަދީޖާ އާދަމް
Aug 13, 2019
7

ކުޅުދުއްފުށީގައި ބޮޑުއީދާ ދިމާކޮށް ކުރިއަށްގެންދާ މަށިމާލި ޕެރޭޑަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ތެރެއިން ދިމާވާ އެކި ކަންކަމުގެ މައްޗަށް މާލި ހަދައިގެން ސަރުކާރަށް ގިނަ މެސެޖުތަކެއް ފޯރުކޮށްދޭ ކުޅިވަރެކެވެ.

ނަމަވެސް އިއްޔެ ކުރިއަށް ގެންދިޔަ ޕެރޭޑުގައި ދައްކާލި "ގެއްލޭ ބެޓްޝީޓު" ގެ ސަބަބުން ޖެންޑާ މިނިސްޓަރު ވަނީ ނުރުހުން ފާޅުކޮށް ޓްވިޓާ ކޮށްފައެވެ.

ގެއްލޭ ބެޓްޝީޓް ނިސްބަތް ކޮށްފައިވަނީ ދާދިފަހުން ކުޑަކުދިންގެ ހިޔާ އިން ކުއްޖަކު ގެއްލުނީ އޭނާ ނިދާފައި އޮންނަނީ މުޅި ގައިގަ ބެޑްޝީޓް އަޅައިގެން އޮތުމުން ކަމަށް ދޭހަވާގޮތަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވުމުން އެކަމަށެވެ.

ކަމެއްގެ ނަން ހާމަނުކޮށް ކޮށްފައިވާ މި ޓްވީޓުގައި މިނިސްޓަރުގެ ވަނީ މި ޕެރޭޑަކީ ގަނާ އާއި ފުރައްސާރައިގެ އަމަލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

އެހެން ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ މީގެ ކުރިން އަހަރުތަކުގައި ބޭއްވި މަށިމާލި ޕެރޭޑުތަކުގައި އެއިރު އޮތް ޕީޕީއެމްގެ ސަރުކާރަށް ނިސްބަތްކޮށް ދައްކާލި ކަދުރު ފާތުމަ، ނުގެއްލޭ ގޮނޑި، ކަޅުފައިސާ ފޮށި ފަދަ މާލި ތަކުގެ ސަބަބުން އެއިރު އިދިކޮޅު ފަރާތްތަކުގެ ތައުރީފު މަށިމާލި ޕެރޭޑަށް ވަރަށް ބޮޑަށް ލިބިގެން ދިޔައެވެ.

ސިޔާސީ ގޮތުން އެ ދުވަސްވަރެއްގެ އެންމެ ހިނގާ ކަންކަމަށް ނިސްބަތްކޮށް މާލި ހަދައިގެން ދެއްކުން އެއީ ކުޅުދުއްފުށީގެ މަށިމާލި ޕްރޭޑް އެންމެ ފޯރިގަދަވާ އަދި މީހުންގެ ސަމާލުކަން ވެސް އެންމެ ލިބޭ ސަަބަބެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293