twitterviber whatsapp telegramfacebookyoutube instagram
6th April 2026

ކުޅުދުއްފުށީ މާފަލުހިޔާގެ ރޯހައުސްއަކުން ވަގަށް ނެގި ސާމާނުތަކެއް ފުލުހުން ހޯދައިފި

އަބްދުލް ވާހިދު ޙަސަން
Aug 21, 2019
1

ކުޅުދުއްފުށީ، މާފަލު ހިޔާގެ ރޯހައުސްއެއްގެ ތެރެއިން ވަގަށް ނެގި އަގު ބޮޑެތި ސާމާނުތައް ފުލުހުން ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފި އެވެ.

މީހުން ދިރިއުޅެން ނުފަށާ ހުރި އެ ރޯހައުސްތަކުގެ ތެރޭގައި ޔުނިޓަކުން ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ތިން އެއާކޯނާއި އޮޓޯ ދޮންނަ މެޝިނަކާއި ސޯފާއެއްގެ އިތުރުން ގޭސް އުނދުނެކެވެ. މިތަކެއްޗަކީ އެ ޔުނިޓް ލިބުނު މީހާ އެތަނުގައި ބަހައްޓާފައިވާ ސާމާނުތަކެކެވެ.

އެތަނުގައި ހުރި އަގު ބޮޑެތި ސާމާނުތަކެއް ވަގަށް ނަގައިގެން އެތަކެތި ވިއްކާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިމަހު 6 ވަނަ ދުވަހު އެވެ. އެތަނަށް ވަގު ވަދެފައިވަނީ ފުރާޅުން ޓިނުނަގައިގެން ސީލިންގ ހަލާކުކޮށްލައިގެންނެވެ.

މިތަކެތި ފުލުހުން ހޯދައި އޭގެ ވެރި ފަރާތާ މިހާރު ވަނީ ހަވާލުކުރެވިފަ އެވެ. އެނގިފައިވާގޮތުގައި އެ ސާމާނުތައް ފުލުހުން ހޯދިއިރު އޭގެ ތެރެއިން ބައެއް ތަކެތި ވަނީ ވިއްކާފަ އެވެ. އެތަނުން އޮޓޯ ދޮންނަ މެޝިންވަނީ ބޭނުންވެސް ކޮށްފަ އެވެ.

މިމައްސަލާގައި ހަތަރު މީހަކުވެސް ފުލުހުން ހައްޔަރުކުރި އެވެ. 28 އަހަރުގެ ދެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނެކެވެ. ވައްކަމުގެ ބޮޑު މިމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މިމައްސަލަ ފުލުހުން ދަނީ ތަހްގީގުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355