ދިރާގާއި ސެމްސަންގު ގުޅިގެން ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ޕްލޭގްޝިޕް ފޯނު ގެލެކްސީ ނޯޓް 10 އަދި 10+ ރާއްޖޭގައި ރަސްމީކޮށް ތައާރަފުކޮށް ޕްރީ އޯޑަރ އަށް ހުޅުވާލައިފި އެވެ.
މި ފޯނު ތައާރަފުކޮށްފައިވަނީ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި އެވެ. ސެމްސަންގް ނޯޓް ސީރީޒް އަކީ ސެމްސަންގް ފޯނުތަކުގެ ތެރެއިން އެންމެ ފުރިހަމަ އަދި "ޕަވަރ ޔޫސަރސް" މެދުގަ އެންމެ މަގުބޫލު ފޯނު ސީރީޒް ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުން ގެލެކްސީ ނޯޓް 10 ގެ ފޯނުތައް ލިބޭނީ އޯރާ ގްލޯ އަދި އޯރާ ބެލްކެ މި 2 ކުލައިގައި މިފަހަރުގެ ޕްރީއޯޑަރ ކުރުމަށް ލިބިގެން ދާނެއެވެ.
ނޯޓް ފޯނާއި ސެމްސަންގެ އެހެނިހެން ފޯނުތަކާއި ތަފާތަކީ ފޯނުގައި އެކުލެވޭ 'އެސް ޕެން' ފީޗާރތަކެވެ. ސެމްސަންގުން ތައާރަފްކުރި އެސް ޕެންގައި 'އެއަރ ޖެސްޗަރ' ނުވަތަ ރިމޯޓް ކޮންޓްރޯލް ކުރެވޭ ފީޗާރއެއް ބޭނުންކޮށްފައިވެއެވެ. މި ފީޗަރ ބޭނުންކޮށްގެން ފޯނުގެ ސްކްރީންގައި އަތްނުލައި ފޯނުގެ ތަފާތު ފަންކްޝަންތައް ބޭނުން ކޮށްލެވޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
ނޯޓް 10+ ގައި 4300 މިލިއޭމްޕްއަވަރ ބެޓްރީއިން މުޅިދުވަހުގެ ޗާރޖު ހިފަހައްޓާއިރު 30 މިނެޓުގެ ރެތޭގައި 70 އިންސައްތަ އަށް ޗާޖްކޮށްލެވޭ ފާރސްޓް ޗާޖިންގ ފީޗަރ އެކުލެވިގެންވެއެވެ. އަދި މީގެ އިތުރުން ނޯޓް10+ ގެ 5 ކެމެރާ ހިމެނެއެވެ. އެއީ 1 ފްރަންޓް ކެމެރާ އާއި 4 ބެކް ކެމެރާ އެވެ.
ޑިސްޕްލޭގައި ހިމެނެނީ ނޯޓް 10ގެ ފޯނު ވަނީ ސެމްސަންގްގެ ހިތްގައިމު އިންފިނިޓީ އޯ ޑިސްޕްލޭއެވެ. އަދި މިނޫންވެސް ތަފާތު އިނޮވެޓިވް ފީޗާރސް މިފަހަރުގެ ނޯޓް 10 ފޯނުތަކުގައި ފެނިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.
ދިރާގު މެދުވެރިކޮށް ނޯޓް 10 އަދި 10+ ނަންގަވާ ކަސްޓަމަރުންނަށް ހަ މަސް ދުވަސް ވަންދެން ކޮންމެ މަހެއްގައި ފަސް ޖީބީގެ ހިލޭ ޑޭޓާ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގަކީ ރާއްޖޭގައި ސެމްސަންގްގެ އޮތޮރައިޒްޑް ޑިސްޓިރިބިއުޓާ އެވެ.