twitterviber whatsapp telegramfacebookyoutube instagram
29th March 2024

ގއ އަދި ގދ ގެ ރަށްތަކުން ދޫކޮށްފައިވާ ގޯތިތަކުގައި ސަރުކާރުން ގެ އަޅާދެނީ

ނަބީލާ އިސްމާޢީލް
Aug 22, 2019

ގއ އަދި ގދ ގެ ބައެއް ރަށްތަކުން ދޫކޮށްފައިވާ ގޯތިތަކުގައި ސަރުކާރުން ގެ އަޅައިދޭން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ގޯތިތަކުގައި ގެ ނުހެދި ހުރި ފަރާތްތަކަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކިސަރަހައްދު ތަކުގައި ގެދޮރު އިމާރާތް ކޮށްދޭގޮތަށް ވަނި ނިންމާފައެވެ.

ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ޖުމްލަ 20000 ހައުސިން ޔުނިޓު އެޅުމަށް ނިންމާފައިވެ އެވެ. އެމަޝްރޫއުގައި ހިމަނައިގެން ހުވަދު އަތޮޅުގެ 6 ރަށަކުން ދޫކޮށްފައިވާ ގޯތި އިމާރާތް ކޮށްދެއްވާނެ ކަންއިއުލާނުކޮށްފައިވާ ރަށްތަކަކީ ގއ.ކަނޑުހުޅުދޫ، ގއ.ކޮނޑޭ، ގއ.ދެއްވަދޫ، ގއ.ވިލިނގިލީގެ އިތުރުން ގދ.ހޯޑެއްދޫ އާއި ގދ.ފަރެސްމާތޮޑާއެވެ.

މި ރަށްރަށުން ދޫކޮށްފައިވާ ގޯތި ތަކުގައި ގެ އެޅުމަށް ހަމަޖައްސާފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން އަތޮޅު ތަކުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް އިމާރާތް ކުރުމާބެހޭ އުސޫލުގެ ދަށުންނެވެ.

މި އުސޫލުގެ ދަށުން ގޯތީގައި އާދައިގެ ގެއެއް އެޅުމާއި ދެ ބުރިއަށް ގެ އިމާރާތް ކުރުމުގެ އިހުތިޔާރު ލިބިގެން ވެއެވެ. މި މަޝްރޫއުގެ ދަށުން ކޮންމެ ގެއެއް އިހްތިޔާރު ކުރިކަމުގައި ވީ ނަމަވެސް އިމާރާތް ކުރެވޭނީ ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންގރޫމް އަދި ބަދިގެ ހިމެނޭ ގޮތަށެވެ. އަދި ކޮންމެ ގޮތަކަށް އިމާރާތް ކުރި ނަމަވެސް ގެތަކުގެ އިމާރާތް ކުރެވޭ ތަނުގެ ބޮޑު މިނުގެ ގޮތުގައި ހުންނާނީ 900 އަކަފޫޓު ކަމަށްވެސް އެ އުސޫލުގައިވެއެވެ.

މި މަޝްރޫއުގެ ދަށުން އަޅާ ގެތަކަށް ފައިސާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭ ނެއެވެ. އަދި އިމާރާތަށް ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސް ވަންދެން އެ އިމާރާތް ހުންނާނީ ރަހުނު ކުރެވިފަ އެވެ. މި އިމާރާތަށް ވަނުމަށް ޑައުން ޕޭމަންޓެއް ދައްކާކަށް ނުޖެހޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355