twitterviber whatsapp telegramfacebookyoutube instagram
21st February 2026

ފަރުވާކުޑަވެ ކައުންސިލަރު ފަވާޒަށް ފިޔަވަޅު އަޅައިދިނުމަށް އެދިއްޖެ

އަބްދުލް ވާހިދު ޙަސަން
Aug 25, 2019
10

މަސައްކަތަށް ފަރުވާކުޑަވުމުން ކުޅުދުއްފުށީ ކައުންސިލް މެމްބަރު މުހައްމަދު ފަވާޒް ނައީމަށް ފިޔަވަޅު އަޅައިދިނުމަށް އެކައުންސިލުން ހދ އަތޮޅު ކައުންސިލްގައި އެދިއްޖެ އެވެ.

ފަވާޒުއާ މެދު ފިޔަވަޅު އަޅައިދިނުމަށް ކުޅުދުއްފުށީ ކައުންސިލުން ހދ އަތޮޅު ކައުންސިލްގައި އެދިފައިވާނެކަން ވަނީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ކޭއޯއަށް ޔަގީންކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވީ އެމައްސަލަ ހދ އަތޮޅު ކައުންސިލަށް ފޮނުވާފައިވާތާ ދުވަސްކޮޅެއްވެފައިވާނެ ކަމަށެވެ.

ކޭއޯއަށް އެނގިފައިވާގޮތުގައި ކައުންސިލްގެ ރައީސް ހަވާލުކުރާ މަސައްކަތްތައްވެސް ފަވާޒް އަދާކުރަމުންގޮސްފައެއްނުވެ އެވެ. އެހެންވުމުގެ ސަބަބުން ކައުންސިލް ހިންގުމަށް ދަތިތަކެއް ދިމާވާކަމަށް ކައުންސިލްގެ މުވައްޒަފުން ބުނެ އެވެ.

ކައުންސިލަރު ފަވާޒު މަސައްކަތަށް ފަރުވާކުޑަކަމުގެ ވާހަކައަކީ ވަރަށް ގިނަ ބަޔަކު ދައްކާ ވާހަކަ އެކެވެ. ދާދިފަހުންވެސް ފަވާޒްގެ ފަރުވާކުޑަ މައްސަލައެއްވަނީ ފެންމަތިވެ އެވެ. އެއީ ކުޅުދުއްފުށީ ކައުންސިލް އިދާރާ ވަގުތީގޮތުން މިދިޔަ ހަފްތާތެރޭގައި ފަވާޒަށް ހިންގުން ހަވާލުކުރުމުން، އެއްވެސް ސަބަބެއް އެންގުމަކާ ނުލައި ކައުންސިލަށް ވަޑައިނުގަތް މައްސަލަ އެވެ.

އެ ވާހަކަ ކޭއޯގައި ރިޕޯޓްކުރުމުން ފަވާޒް ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި އެ ދެ ދުވަހު ކައުންސިލަށް ވަޑައިނުގަތީ ކީއްވެކަން އެންގި ކަމަށް އޭނާ ވަނީ ސޯޝަލް މީޑިއާގައި ވިދާޅުވެފަ އެވެ. އެކަމަކު އެ ދެ ދުވަހު އެއްވެސް އެއްޗެއް ނާނގާ ކައުންސިލަށް ވަޑައިނުގަންވާކަން ކޭއޯއަށް ވަނީ ޔަގީންކުރެވިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355