twitterviber whatsapp telegramfacebookyoutube instagram
2nd July 2026

ކޮކާކޮލާގެ ކޮންމެ ބެވަރޭޖެއްވެސް ހިލޭ ގެއަށް!

ޚަދީޖާ އާދަމް
Aug 28, 2019

ކޮކާ ކޯލާއިން އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ތައާރަފުކުރި "ކޯކް2ހޯމް" އެޕްލިކޭޝަން ބޭނުން ކޮށްގެން ކޮކާ ކޯލާގެ ބޭނުންވާ ވައްތަރެއްގެ ބެވަރޭޖެއް ގޭގައި ހުރެހެން ހިލޭ އޯޑަރުކޮށްލޭވޭނެ އެވެ.

މި އެޕްލިކޭޝަންގެ ހިދުމަތް މިހާރު މާލެ، ހުޅުމާލެ އަދި އައްޑޫއިން ލިބޭއިރު ކުރިއަށް އޮތްތަނުގައި މި އެޕްލިކޭޝަންގެ ހިދުމަތް އިތުރަށް ތަރައްގީކޮށް ކަސްޓަމަރުންނާއި ރައްޓެހިގޮތަކަށް ހިދުމަތް ދޭން މަސައްކަތް ކުރާނެކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

"ކޯކް2ހޯމް" އެޕްލިކޭޝަން އިން އޯޑަރު ކުރަން ފުރަތަމަ އެކައުންޓެއް ހަދާފައި ރަޖިސްޓްރީ ކުރުމަށްފަހު ބޭނުންވާ އެއްޗެއް އޯޑަރު ކުރުމުން ހިލޭ ޑެލިވަރީ ކޮށްދޭނެ އެވެ. މި އެޕުގައި ހިމެނޭ ޑްރިންކުތަކުގެ ތެރެއިން އެންމެ ގަޔާވާ ޑްރިންކުތައް "ފެވަރިޓް" އަށް ސެލެކްޓު ކުރެވޭނެ އެވެ. ކަސްޓަމަރަކު ބޭނުންވާ ޑްރިންކެއް "ފެވަރިޓް" އެއް ގޮތުގައި ސެލެކްޓް ކުރުމުން އެ ޕްރޮޑަކްޓެއް އޯޑަރު ކުރަން ކޮންމެ ދުވަހަކު ނޮޓިފިކޭޝަން ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355