twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޔާސިރު ދިފާއުކުރެއްވީ ނަޝީދު! ކުޅީގައި އެއާޕޯޓް އެޅުމަކީ ރަށަށް ލިބުނު ބޮޑު ގެއްލުމެއް

އަބްދުލް ވާހިދު ޙަސަން
Sep 2, 2019
14

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަކީ ކުރެއްވި "މޮޔަ ކަމެއް"ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ދިފާއުކުރައްވައިފި އެވެ.

މިދިޔަ ބުރާސްފަތިދުވަހު އެމްޑީޕީން ބޭއްވި ޒުވާނުންގެ ކޮންފަރެންސްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކުޅުދުއްފުއްޓާއި ހޯރަފުށީގައި އެއާޕޯޓް އެޅުމަކީ ކުރެއްވި "މޮޔަ ކަމެއް" ކަމަށާ ތަރައްގީއަކީ އެއީއެއް ނޫން ކަމަށާއި ތަރައްގީއަކީ ތިމާއަށް އަންނަ ބަދަލެއް ކަމަށާއި އެއީ ރަށުގެ އެއްކައިރީގައި އޮންނަ އެއާޕޯޓް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވުމާއެކު ކުޅުދުއްފުއްޓާއި ހޯރަފުށީގެ ރައްޔިތުންގެ ފާޑިކިޔުމާއި ނަފުރަތު އެމަނިކުފާނަށް އަމާޒުވެގެންދިޔަ އެވެ. އަދި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފްވެސް ވަނީ ނަޝީދު ދެއްކެވި ވާހަކަތަކަށް ވަރަށް ބޮޑު ފާޑުވިދާޅުވެ މިޑިއާގައި ވާހަކަދައްކަވާފަ އެވެ.

އެކަމަކު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް މިވަނީ ކުޅުދުއްފުށީ އެއާޕޯޓާ ބެހޭގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކައަށް ތާއީދުކުރައްވާ ވާހަކަދައްކަވާފަ އެވެ. އެކަމާ ގުޅޭ ގޮތުން ކޭއޯގައި ޖެހި ޙަބަރު ޓްވީޓްކުރައްވައި މީހަކު ޖެހި ސްޓޭޓަސްއަކަށް ރިޕްލައިކުރައްވަމުން ޔާސިރު ވިދާޅުވެފައިވަނީ އެއާޕޯޓާ ބެހޭގޮތުން ރައީސް ނަޝީދު ދެއްކެވީ ރަނގަޅު ވާހަކަފުޅެއް ކަމަށެވެ.

ކުޅީގައި އެއާޕޯޓް އެޅުމަކީ ރަށަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށާއި އެ ގެއްލުން ކިރިޔާވެސް ފޫބެއްދެން އޮތީ ކުޅުދުއްފުށީ އެއާޕޯޓްގެ ހިދުމަތް އެންމެ ފުރިހަމައަށް ލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް ތަރައްގީކޮށްފައިވަނީ އުތުރު ކޮޅުގައި ކުޅިން އެއްބައި ހިއްކައިގެންނެވެ. އެއީ ރާއްޖޭގައި އޮންނަ ހަމައެކަނި ބޮޑު މަށިކުޅި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355