twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރެއާލްގެ ކޭލާ ނަވާސް ޕީއެސްޖީއަށް ބަދަލުވެއްޖެ

ޚަދީޖާ އާދަމް
Sep 5, 2019

މިފަހަރުގެ ޓްރާންސްފަރ މާކެޓުގެ އެންމެ ފަހު ދުވަހު ކީޕަރ ކޭލާ ނަވާސް މިވަނީ ރެއާލް މެޑްރިޑް ދޫކޮށް ޕީ.އެސް.ޖީ ބަދަލުވެފަ އެވެ. ސްވެޕް ޑީލް އެއްގެދަށުން ނަވާސް ގެ ބަދަލުގައި ޕީ.އެސް.ޖީ ގެ 26 އަހަރުގެ ގޯލްކީޕަރ އަލްފޮންސް އަރިއޯލާ ވަނީ ލޯން އެއްބަސް ވުމެއްގައި ރޭއާލްއަށް ބަދަލުވެފަ އެވެ. އެންމެ ފަހު ވަގުތުގެ މި ޑީލަކީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ކަމެކެވެ.

32 އަހަރުގެ ކޮސްޓަރިކާގެ އިތުބާރު ކީޕަރ ނަވާސް ވަނީ ރެއާލް މެޑްރިޑް އަށް 104 މެޗް ކުޅެދީފައެވެ. މިއާ އެކު، ޗެންޕިއަންސް ލީގު 3 ފަހަރު ކަމިޔާބު ކުރި އިރު ނަވާސް ވަނީ 1 ނަންބަރު ކީޕަރު ގެ ގޮތުގައި މުހިއްމު ދައުރެއް އަދާކޮށް ދީފަ އެވެ. ނަވާސް ވަނީ 2018 ގެ އެންމެ ބޮޑު ކްލަބު މުބާރާތް ޗެންޕިއަންސް ލީގް ގެ އެންމެ މޮޅު ކީޕަރުގެ މަގާމާއި ޔޫއެފާ އިން ހޮވާ އެންމެ މޮޅު ކީޕަރުގެ އެވޯޑް ހާސިލް ކޮށްފަ އެވެ.

4 އަހަރުގެ މުއްދަތަށް ނަވާސް ޕީ.އެސް.ޖީ އަށް ބަދަލުވިއިރު މީޑިއާ ރިޕޯޓް ތަކުން ބުނާގޮތުގައި ޓްރާންސްފަރ އަގަކީ 16.5 މިލިއަން ޑޮލަރެވެ. ނަވާސް ގެނައުމުގެ ކުރިން މި ފަހުގެ ސީޒަންތަކުގައި ޕީ.އެސް.ޖީއިން ވަނީ އެހެން ގިނަ ކީޕަރުންތަކެއް ހޯދުމަށް ބިޑްކޮށް ނާކާމިޔާބު ވެފަ އެވެ. މީގެ ތެރޭގައި އިޓަލީ ލެޖެންޑް ޖިއަންލުއިގީ ބުފޮން، ސަލްވަޓޯ ސިރިގޫ އަދި ޖަރުމަނުގެ ކެވިން ޓްރެޕް ހިމެނެ އެވެ.

ރެއާލް މެޑްރިޑްއަށް ތިބައޯޓް ކޯޓުއާ ގެނައި ފަހުން އެއް ނަންބަރު ކީޕަރުގެ މަގާމް ވަނީ ނަވާސް އަށް ގެއްލިފައެވެ. ސްޕެއިންގައި ކާމިޔާބު އަހަރުތަކަކަށް ފަހު ފްރާންސް ލީގަށް މި ބަދަލުވީ ފުޓްބޯޅައިގައި އިތުރު ކާމިޔާބު ހޯދުމުގެ ބޭނުމުގަ ކަމަށާއި، ބޮޑު އުންމީދުތަކެއް ކުރާ ކަމަށް ނަވާސް ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355