twitterviber whatsapp telegramfacebookyoutube instagram
17th September 2026

ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ޓްރޭޑް ފެއަރގައި ބައިވެރިވުމަށް ހުޅުވާލައިފި

އަބްދުލް ވާހިދު ޙަސަން
Sep 15, 2019

ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ވިޔަފާރިވެރިންގެ ފެއަރ ގައި ބައިވެރިވުމުގެ ފުރުސަތު ވިޔަފާރިތަކަށް ހުޅުވާލައިފި އެވެ.

ޖަލާލުއްދީން ސްކޫލުގެ ޕީޓީއޭގެ ފަރާތުން އިންތިޒާމްކުރާ މި ޓްރޭޑް ފެއަރ މިއަހަރު ބާއްވަން ނިންމާފައިވަނީ ނޮވެމްބަރު 28 އިން ޑިސެމްބަރު 2 އަކަށް ޖަލާލުއްދީން ސްކޫލުގަ އެވެ.

މި ފެއަރގައި ބައިވެރިވުމުގެ ފުރުސަތު އޮކްޓޯބަރުމަހު 18 ގެ ނިލަޔަށް ވަނީ ހުޅުވާލާފަ އެވެ. ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެސްކޫލުގެ ނަމްބަރު 6528869 ގުޅުއްވާ ނަންނޯޓްކުރުމަށް އެ ސްކޫލުން އެދެއެވެ.

ސްކޫލު ހޯލު ދޫކުރުމަށް ހަމަޖެހިފައިވަނީ 10000 ރުފިޔާއަށްވުރެ މަތިން އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތްތަކަމަށާއި ކުލާސް ރޫމްތަކުގެ ތެރެއިން ތިރީ ބައިން ރޫމެއް ދިނުމަށް ހަމަޖެހިފައިވަނީ 3000ރ އަށެވެ. އަދި މަތިން ރޫމެއް ދިނުމަށް ހަމަޖެހިފައިވަނީ 2500ރ އަށްކަމަށެވެ.

މީގެ އިތުރުން ކެންޓީން ދޫކުރުމަށް ހަމަޖެހިފައިވަނީ 5000ރ އަށްވުރެ މަތިން އެންމެ ބޮޑުއަގު ހުށަހަޅާ ފަރާތްތަކަމަށް ސްކޫލުން ބުނެ އެވެ.

މިދިޔަ އަހަރުވެސް ވަރަށް ކާމިޔާބުކޮށް ކުރިއަށްދިޔަ މިފެއަރގައި ގިނަ އަދަދެއްގެ ވިޔަފާރިތަކަކުން ވަނީ ބައިވެރިވެފަ އެވެ. މިފެއަރ ގައި ގިނަ އަދަދެއްގެ މުދާ އެއްތަނަކުން އަގުހެޔޮކޮށް ލިބެން ހުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293