twitterviber whatsapp telegramfacebookyoutube instagram
1st June 2020

ލާމު ގަމުގައި ޝީޝާގެ ޝޯވ ރޫމެއް ހުޅުވައިފި

އަބްދުލް ވާހިދު ޙަސަން
Sep 15, 2019

ރާއްޖޭގައި ހޮންޑާ ބްރޭންޑްގެ ހަމައެކަނި އޮތޮރައިޒް ޑިސްޓްރިބިއުޓަރ ޝީޝީގެ ވިޔަފާރި ލ އަތޮޅަށް ފުޅާކޮށްފި އެވެ. ލ ގަމުގައި މިވަނީ ޝީޝާގެ ޝޯވ ރޫމެއް ހުޅުވާފަ އެވެ.

މި ޝޯވ ރޫމް ހުޅުވުމަށް އިއްޔެ ގަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި އައުޓްލެޓް ހުޅުވައިދެއްވީ އެ ކުންފުނީގެ ސީއީއޯ އިބުރާހިމް ހުޝާމެވެ. މިރަސްމިއްޔާތުގައި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިޝާމް، ކައުންސިލްގެ ޒިންމާދާރު ވެރިޔާ ވައްހާބް އަބުދުﷲ އާއި އެކި މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝީޝާގެ މާކެޓިންގ ހެޑް ފާތިމަތު ޖުމާން ވިދާޅުވީ ލާމު އަތޮޅުގައި އެ ކުންފުނީގެ އައުޓްލެޓެއް ހުޅުވިގެންދިޔުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މިއީ އެތަކެއް ދުވަހެއްގެ އިންތިޒާރު ކަމަށެވެ. އައުޓްލެޓް ހުޅުވިގެން ދިޔުމުން އަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށް ޒުމާން ފާހަގަކުރެއްވި އެވެ.

ލ އަތޮޅުގައި ޝީޝާގެ އައުޓްލެޓެއް ހުޅުވިގެން ދިޔުމުން އެތަނުން އެންމެ ފަހުގެ ސައިކަލުތައް މާލޭގައި ވިއްކަމުންދާ އަގުތަކުގައި ލިބިގެންދާނެ އެވެ. އަދި ހޮންޑާ ބްރެންޑްގެ އެންމެ ފަހުގެ ސައިކަލުގެ ސްޕެއަރ ޕާޓްސް، ޕަވާ ޕްރޮޑަކްޓްސް އާއި މަސްވެރިކަމަށް ދޯނިފަހަރުގައި ބޭނުންކުރާ ފެން ޕަމްޕްވެސް މި ޝޯވ ރޫމުންވެސް ލިބެން ހުންނާނެ އެވެ.

މާލޭގެ ޝޯވ ރޫމުގެ އިތުރުން ޝީޝާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވި މިއީ ހަތަރުވަނަ ޝޯވ ރޫމެވެ. އަދި ވަރަށް އަވަހަށް ލ ގަމުގައި ޝީޝާގެ ސާވިސް ސެންޓަރެއްވެސް ހުޅުވާނެކަމަށް އެކުންފުނިން މައުލޫމާތުދެ އެވެ.

ޝީޝާ އިން ބުނީ މިއަހަރު ފަހުކޮޅުގައި ގއ ވިލިގިނލި އަދި ގދ ތިނަދޫގައިވެސް ޝީޝާގެ ސައިކަލް ޝޯވ ރޫމެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސައިކަލް އެއްފަރާ ފައިސާ ދައްކައިގެން، ޝީޝާ އިންސްޓޯލްމެންޓް މެދުވެރިކޮށް އަދި މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށްވެސް ޝީޝާގެ ޝޯވ ރޫމުން ގަންނަން ލިބޭނެ އެވެ.

ޝީޝާ އިން ވިއްކާ ސައިކަލްތައް:

  • އެންމެ ފަހުގެ އެއާބްލޭޑް
  • ސްކޫޕީއައި ކުލަބް 12
  • ސްކޫޕީއައި ޕްރެސްޓިޖް
  • ވޭވް125
  • ވޭވް110
  • ޒޫމާ އެކްސް

ލާމު ޝޯވ ރޫމުންވެސް "ބޯނަސް" ޕްރޮމޯޝަންތައް ކުރިއަށްދާނެ:

އެގޮތުން ލާމު ޝޯވ ރޫމުން ވިޔަފާރިކުރާ ފުރަތަމަ 20 ކަސްޓަމަރުންނަށް ހެލްމެޓް ލިބިގެންދާނެ އެވެ. އަދި މިހާރު ޝީޝާ އިން ކުރިއަށްގެންދާ "ބޯނަސް" ޕްރޮމޯޝަން، ލާމު ޝޯވ ރޫމުންވެސްގައިވެސް ކުރިއަށްދާނެ އެވެ. އެގޮތުން ޝީޝާ ބޯނަސް ޕްރޮމޯޝަންގައި ސައިކަލް ގަންނަ ފަރާތްތަކަށް 3000ރ އާއި 6000ރ އާ ދެމެދުގެ ޑިސްކައުންޓެއް ލިބިގެންދާނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ އޮކްޓޯބަރުމަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ. މި ޕްރޮމޯޝަންގައި ހާއްސަ އިނާމުތަކެއް ލިބިގެންދާނެ އެވެ. އިނާމުތަކުގެ ތެރޭގައި ހޮންޑާ ބްރޭންޑްގެ ޕްރޮޓެކްޓިވް ކަވަރު، ހޮންޑާ ބުރޭންޑްގެ ހެލްމެޓް، އެޗްޓޫސީ ބުރޭންޑްގެ ހެލްމެޓް އަދި ކުޑަކުދިންގެ ޓީޝާޓް ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355