twitterviber whatsapp telegramfacebookyoutube instagram
25th October 2026

ބަންގްލަދޭޝްއިން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި

ނަބީލާ އިސްމާޢީލް
Sep 19, 2019

ބަންގުލަދޭޝްއިން ރާއްޖެ އެތެރެކުރަންއުޅުނު 3.69 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ. ކަސްޓަމްސްއިން މި ތަކެތި އަތުލައި ގަނެފައިވަނީ ވައިގެމަގުން ބަންގްލަދޭޝްއިން ރާއްޖެއައި 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އަތުންނެވެ.

މި މަހު 17 ވަނަ ދުވަހު ބަންގްލަދޭޝްއިން ރާއްޖެއައި މި މީހާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ވަނީ ފެނިފައެވެ. އަދި ފުރަތަމަ މަރުހަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނަބިސްއަށް ވަނީ ޕޮސިޓިވް ވެފައެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 3.69 ކިލޯ ހުރިއިރު މިތަކެތީގެ މަގުމަތީ އަގު 2,948,000.00 (ދެ މިލިއަން ނުވަލައްކަ ސާޅީސް އަށް ހާސް) ރުފިޔާއަށް އަރައެވެ.

މިމައްސަލައިގަައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރެވިފައި ކަމުގައި ކަސްޓަމްސް އިން ހާމަކުރެއެވެ.

މިއަހަރުގެ މިހާތަނަށް ކަސްޓަމްސްއިން ވަނީ ޖުމްލަ 28.49 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293