ދިރާގުގެ ޑިޖިޓަލް ވޮލެޓް ގެ ހިދުމަތް ކަމަށްވާ ދިރާގު ޕޭ ހިދުމަތް ބޭނުން ކުރުމަށް އިތުރު ލުއި ފަސޭހަތަކެއް ތައާރަފުކޮށް ދިރާގުޕޭ ގެންގުޅުއްވާ ކަސްޓަމަރުންނަށް ފަސޭހަކަމާއިކު ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ކާރޑް އަދި ބޭންކް ޓްރާސްފަރސް މެދުވެރިކޮށް ދިރާގު ޕޭ ވޮލެޓަށް ކޭޝްއިން ކުރެވޭނެ ގޮތް ހަމަޖައްސައިފި އެވެ.
ފަސޭހަކަމާއެކު ކޭޝްއިން ކުރުމުގެ އިތުރުންވެސް މި ހިދުމަތަށް އިތުރު ފުރިހަމަކަމެއް ގެނެސް އިތުރު ފީޗަރސް ތައް ވަނީ ދާދި ފަހުން ތައާރަފްކޮށްފައިއެވެ. މިހާރު ދިރާގު ޕޭ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ދިރާގު ޕޭ ގެ މާޗަންޓްސް އަދި އެޖެންޓްސް ހޯދާލެވޭނެއެވެ. އެގޮތުން އަތޮޅާއި ރަށް ފިލްޓަރ ކޮށް އަދި އެޖެންޓްންނާއި މާޗަންޓްސްގެ ނަން ޖަހައިގެންވެސް އެޕުން ހޯދާލެވޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ދިރާގު ޕޭއަށް އިތުރު އެންއެފްސީ ކާޑު ގުޅުވާދެވޭ ނިޒާމެއްވެސް ވަނީ ގާއިމު ކޮށްފައި ވާއިރު މިހާރު ކޮންމެ ދިރާގު ޕޭ ޑިޖިޓަލް ވޮލެޓަކަށް 3 އެން.އެފް.ސީ ކާޑު ނުވަތަ ސްޓިކަރ ރަޖިސްޓަރ ކޮށް ގުޅުވާ ލެވޭނެއެވެ. އަދި ހަމަ އެއާއި އެކު ކޮންމެ ކާޑަކަށްވެސް ވޮލެޓްގެ ވެރިފަރާތް ބޭނުންވާ ނަމެއް ކަނޑައަޅައި ބޭނުންވާ ޓްރާންސެކްޝަން ލިމެޓެއް ކަނޑައެޅުމުގެ ފުރުސަތު ލިބޭނެއެވެ. އަދި މި ކާޑުތައް ބޭނުންކޮށް ހިންގާ ހުރިހާ ފައިސާގެ މުއާމަލާތްތަކުގެ ތަފްސީލް ފަސޭހަކަމާއިއެކު ދިރާގު ޕޭ އެޕް އަދި އެސްއެމްއެސްގެ ޒަރިއްޔާއިން ވަގުތުން ވަގުތަށް ބަލާލެވޭނެއެވެ.
ދިރާގު ޕޭ އަކީ ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑް ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ. ރާއްޖޭގައި ނިއަރ ފީލްޑް ކޮމިނިކޭޝަން (އެން.އެފް.ސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދެއްކޭނެގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފްކުރި މިހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެއެވެ.
މިހާރު ދިރާގުޕޭ ގެ ހިދުމަތް ދިރާގު ކަސްޓަމަރުންނާ އެއްފަދައިން އެހެން ކޮންމެ ލޯކަލް ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް ބޭނުން ކުރެވޭނެއެވެ. ދިރާގުޕޭ ގެ ހިދުމަތަށް ހޯއްދެވުމަށް ރާއްޖޭގެ ކޮންމެ ހިސާބެއްގައިވާ ދިރާގުގެ ކަސްޓަމަރ ސާރވިސް އޮފީހަކަށް ޒިޔާރަތް ކުރުމަށްފަހު ދިރާގު ޕޭގެ ހިދުމަތަށް ރެޖިސްޓަރ ކުރެވޭނެއެވެ.