twitterviber whatsapp telegramfacebookyoutube instagram
7th June 2026

މީޑިއާނެޓްގެ ފުލް ޕެކޭޖެއް ނަގައިގެން ކޮންމެ ހަފްތާއަކު އައިފޯނެއް

ޚަދީޖާ އާދަމް
Oct 10, 2019

މީޑިއާނެޓުން ކޮންމެ ހަފްތާއަކު އައިފޯނެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. "މީޑިއާނެޓު ބޮޑު ޗުއްޓީ ޕްރޮމޯޝަން" ގެ ނަމުގައި މިމަހު 8 ވަނަ ދުވަހު ފެށި މި ޕްރޮމޯޝަން ޑިސެމްބަރ 31 ހަމައަށް ކުރިއަށްދާނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް މިހާރު ބައްލަވާގަނެފައިވާ ޕެކޭޖު މީޑިއާ ނެޓުގެ ފުލް ޕެކޭޖަށް އަޕްގްރޭޑް ކޮށްލުމުން ޕްރޮމޯޝަންގައި ބައިވެރިވެވުނީ އެވެ. މިޕްރޮމޯޝަންގައި ބައިވެރިވެވޭނީ މިމަހު 8 ގެ ފަހުން ފުލް ޕެކޭޖަށް އަޕްގްރޭޑްކުރާ ފަރާތްތަކަށެވެ.

ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި ފުލް ޕެކޭޖަށް އަޕްގުރޭޑްކުރާ ފަރާތްތަކުގެ މެދުގައި އެ ހަފްތާތެރޭ ގުރުއަތު ނަގައި ނަސީބުވެރިޔާ ހޮވާނެ އެވެ. އެގޮތުން ކޮންމެ ހަފްތާއަކު އެ ހަފްތާއެއްގެ ނަސީބުވެރިޔާއަށް އައިފޯން 11 ލިބިގެންދާނެ އެވެ. ގުރުއަތު ނެގުން އޮންނާނީ އައިސްޓީވީ އެޗްޑީން ލައިވްކޮށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355