twitterviber whatsapp telegramfacebookyoutube instagram
21st December 2025

ރާއްޖެއައި އޮސްޓްރޭލިއާ މީހެއް އަތުން 4.67 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި

ނަބީލާ އިސްމާޢީލް
Oct 14, 2019

ވައިގެމަގުން ބްރެޒިލްއިން ރާއްޖެއައި އުމުރުން 66 އަހަރުގެ އޮސްޓްރޭލިއާ ފިރިހެނެއްގެ އަތުން 4.46 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ބުނީ މި މަހު 01 ވަނަ ދުވަހު ބްރެޒިލްއިން ރާއްޖެއައި މި މީހާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އަދި ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަތުލައި ގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަން 4.67 ކިލޯއަށް އަރާއިރު މިތަކެތީގެ މަގުމަތީ އަގު 16,327,913.00 ރުފިޔާއަށް އަރާނެ ކަމަށެވެ.

މައްސަލައިގަައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރެވިފަ ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ. އަދި މިއަހަރުގެ މިހާތަނަށް ކަސްޓަމްސްއިން ވަނީ ޖުމްލަ 33.16 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355